ކޮފީ އަކީ ކެންސަރަށް މަގުފަހިވާ އެއްޗެއް ނޫން ކަމަށް ފަހުގެ ދިރާސާއަކުން ހާމަވެއްޖެއެވެ.

ކެލިފޯނިޔާގައި 2012 ވަނަ އަހަރު ވަނީ ވަނީ ކޮފީއަކީ ކެންސަރަށް މަގުފަހިވާ އެއްޗެއް ކަމަށްބުނެފައި އެވެ. އެގޮތުން މިދިޔަ ހަފްތާ ތެރޭގައި އެ ސްޓޭޓުން ވަނީ ކޮފީ ބޯން ގެންގުޅޭ ތަކެތީގައި ކެންސަރަށް މަގުފަހިވާ ކަމުގެ ލޭބަލް އެއް ޖެހުމަށް ވިސްނުމަކާއި ހަމައަށް ގޮސްފައި އެވެ.

ނަމަވެސް ކެލިފޯނިޔާގެ ސިއްހީ މާހިރުން ދިރާސާކޮށް ބެލި ބެލުމުން ހާމަވާ ގޮތުގައި ކޮފީގައި އެއްވެސް ވަރަކަށް ކެންސަރަށް މަގުފަހިކޮށްދޭ މާއްދާއެއް ހިމެނިފައި ނެތް ކަމަށެވެ. އަދި ބޮޑެތި ކޮފީ ކޮންޕެނީތައް ކަމަށްވާ ސްޓާބަގްސް، ކެރިބޯ ކޮފީ، ފޮލްގާސް އަދި ކެއިރިޔުގް ގްރީން ފަދަ ތައްތަނުންވެސް ބުނެފައި ވަނީ ކޮފީއިން މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ނުވާ ކަމަށް ބުނެ އެކަން ތެދުކޮށްފައި އެވެ.

އެކްރީލަމައިޑް ނަމަކަށް ކިޔާ މާއްދާއެއް ކޮފީގައި ހިމެނޭކަމަށް ކެލަފޯނިޔާގެ ސްޓޭޓް އިން ބުނި ނަމަވެސް އެ މާއްދާ އެންމެ ގިނަ އަދަދަކަށް ހިމެނޭ ކާނާތަކުގެ ތެރޭގައި އާންމުކޮށް ކައި އުޅޭ ފްރެންޗް ފްރައިސްގައި ހިމެނޭ ކަމަށް ދިރާސާއިން ދައްކައެވެ.

އެހެންކަމުން ކެލިފޯނިޔާއިން ނިންމީ މި ކަމާމެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް އެކަންތައް ދިރާސާކުރުމަށްފަހު އޮގަސްޓް 16 ގައި އަޑުއެހުމެއް ބޭއްވުމަށެވެ.