ޕްރިންސަސް ޑަޔާނާގެ ހަނދާނުގަައި ހަދާފައިވާ ސްޓެޗޫއެއް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމް ބައިވެރިވި މަންޒަރު ފެނުމަކީ ވަރަށް ގިނަ މީހުންނަށް ލިބުނު އުފަލެކެވެ. ޕްރިންސް ހެރީ އާއި ޝާހީ އާއިލާއާއި މެދު ޖެހިފައިވާ މައްސަލަ ހައްލުވެ، އާއިލީ ގުޅުން ބަދަހިވެފައިވާ ކަމަށް ގިނަ މީހުންނަށް ލަފާކުރެވުނެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއި ގާތް ގުޅުމެއް އޮންނަ ޝާހީ އާއިލާގެ ކަންކަން ކުރުމުގައި ރަސްމީ ގޮތުން ބައިވެރިވާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް އިނގިރޭސިވިލާތުގެ މީޑިއާތަކާއި ވާހަކަދައްކަމުން ބުނީ އެއް ރަސްމިއްޔާތަކުން ހެރީ އާއި ވިލިއަމް ފެނުނު ނަމަވެސް ކުރިން އޮތް އާއިލީ ގުޅުން ދެބޭފުޅުންގެ ދެމެދުގައި ނެތް ކަމަށެވެ.

"މަންމަ ޑަޔާނާގެ ހަނދާާނުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވީ ރަސްމީ ހަފްލާއެއްގައި ބައިވެރިވާ ގޮތައް. ކޮންމެހެން ދައްކަން ޖެހޭ ވާހަކަތައް ވަރަށް ކުރު ޖުމްލައަކަށް ބުނެލުން ފިޔަވައި އާއިލީ ލޯތްބާއި، އާއިލީ އެކުވެރިކަން ދެބޭފުޅުންގެ ފަރާތުން ނުފެނުނު." މައުލޫމާތު ދިން މީހާ ބުންޏެވެ.

މީޑިއާއަށް މައުލޫމާތު ދިން ފަރާތުން ބުނީ ހެރީ އާއި ވިލިއަމްގެ ފަރާތުން ފެނުނު ކަންތައްތަކަށް ބަލާއިރު ހެރީ އަށް "އާއިލާ މެންބަރެއްގެ ޖާގަ ގެއްލި، ހެރީ އަކީ އާއިލާ އާއި ވަރަށް ދުރުމީހެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައެޅިފައި" ކަން ފެނުނު މަންޒަރު ވަރަށް ސާފުކޮށް އެނގެއެވެ.

ޑަޔާނާގެ ހަނދާނުގައި ހެދި ސްޓެޗޫ ހުޅުވަން ހެރީ އިނގިރޭސިވިލާތައް ވަޑައިގެންނެވީ އެމެރިކާ އިންނެވެ. އޭނާ އަނބިކަނބަލުންނާއި ދެދަރިކަލުންނާއިއެކު ދިރިއުޅުއްވަނީ އެމެރިކާގައެވެ. މިހާރު ހެރީ ވަނީ އަނެއްކާވެސް އެނބުރި އެމެރިކާ އަށް ވަޑައިގަންނަވާފައެވެ.

ހެރީ އާއި އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ގުޅުން ފުރަތަމަ ގޯސްވީ ޝާހީ އިމްތިޔާޒުތައް ދޫކޮށްލުމަށް ފަހު އޭނާ އެމެރިކާ އަށް ދިރިއުޅުން ބަދަލު ކުރުމުންނެވެ. ނަމަވެސް ގުޅުން އިތުރަށް ގޯސްވެ "ހުޅުރޯވީ" ހެރީ އާއި މޭގަން ޝާހީ އާއިލާގެ ފަތިފުއް ހާމަކޮށް ދިން އިންޓަވިއުއެއްގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމާ

    ކިންގްޑޮމް ދެމި ނޯންނާނެ ހެރީ އާއި ވިލިއަމް އަދި ޗާލްސްގެ ގުޅުން ރަނގަޅުނުވެ.
    އިނގިރޭސި ގިނަ ޒުވާނުން މޮނާކީ ޢައި ދެކޮޅު.
    ވިލިއަމް އެހެރީ ކުއީން ވެރިކަމުން ދުރުވުން ނުވަތަ މަރުވުންދެން. މިއިން ކަމެއް ހިނގައިފިއްޔާ ހެރީގެ މުހިއްމުކަން ވަރަށް ބޮޑުވާނެ.
    އޭނާ ޒުވާނުންނާއި އެއްކޮޅަށް އަރައި ކިންގްޑޮމް ފުނޑާލާކަށް ފަހެއް ނުޖެހޭނެ. އޭނާ މިހާތަނަށް ނެގި ޑިސިޝަންތަކުން އެކަން އެބަ އިނގޭ.

    3
    3
  2. އަދީފު

    މިފަދަ މީހުންގެ ވާހަކަ ނުލިޔެ ކޮންމެސް އެހެން ވާހަކައެއް ލިޔަން ވެއްޖެ ނޫންތޯ؟ މީ ކާކުތޯ؟ އިންސާނިއްޔަތަށް ނުވަތަ ޤައުމަށް ނޫނީ ދުނިޔެއަށް މީނާ ކޮށްދިނީ ކޮން ކަމެއްތޯ؟ މީނާގެ ވާހަކަ ހިލޭ އިސްތިހާރު ކުރަނީ ނޫހަށް ވަނީ ކޮން ފައިދާއެއްތޯ؟ އިނގިރޭސިން ދުނިޔޭގައި ރަސްކަން ކުރި ޒަމާންވަނީ ފާއިތުވެފައި..

    6
    6
  3. ޔ

    ޕްރިންސް ހެރީގެ ނިންމުން ވަރަށް ބަރާބަރުު. މީނަމަށަށްއެންމެ ކަމުދަނީ ގައިގަހުންނަކުލަޔަށްނުބަލާމީހަކަށް ވާތީ. މިހާރުގިނަފިރިހެނުން ގައިގެކުލަދޮން އަންހެނަކާނޫނީ ވާހަކަ ވެސް ނުދައްކާނެ