ތުއްތު ކުއްޖަކަށް ޖެހިފައިވާ ހަމުގެ ބައްޔެއްގެ ސަބަބުން، އެކުއްޖާ ފެންވަރުވަން ޖެހެނީ ލައްފިލުވާ އިން ކަމަށް، އެކުއްޖާ މަންމަ ބުނެފިއެވެ. އަދި، ކޮންމެ ހަފްތާއަކު ދެ ފަހަރު މިގޮތަށް ކަންތައް ކުރަން ޖެހޭކަމަށް އޭނާ ބުނެފައިވެއެވެ.

އަލީސިޔާ ބާބާ ނަމަކަށް ކިޔާ އުމުރުން 27 އަހަރުގެ އަންހެނަކު ބުނެފައިވަނީ އެބައްޔަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއްކަމަށާއި، ބަލީގެ ސަބަބުން އޭނާގެ ދަރިފުޅުގެ ހަންގަނޑު ކުރަކިވެ، ހުނބުޅު ފާޑުގެ އެއްޗެއްވެސް ނަގާފައި ހުންނަކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި މި ބައްޔަކީ ޖެނެޓިކު ކަމެއްގެ ސަބަބުން ދިމާވާ ކަމެއްކަމަށްވާއިރު، މިއީ ފަސް ލައްކަ ކުއްޖަކުން އެއް ކުއްޖަކަށް ދިމާވާ ކަމެއްކަމުގައެވެ.

އަލީސިޔާގެ ދަރިފުޅަށް މި ބަލި ޖެހިފައިވާކަން އެނގުނީ، އޭނާގެ ދަރިފުޅަށް ހަތް މަހުގައިކަމަށާއި، ދަރިފުޅު ސަލާމަތްވާނެކަމުގެ އެއްވެސް އުންމީދެއް، އޭރު ޑޮކްޓަރުން ނުދޭކަމަށެވެ. އަދި، ކުއްޖާ ރަނގަޅަށް އޮންނާނެކަމަށް ދީފައިވަނީ އެންމެ ދެ އިންސައްތައިގެ ޔަޤީންކަމެއްކަމަށްވެސް، އޭނާ ބުނެފައިވެއެވެ.

އޭނާ ކިޔައިދީފައިވާ ގޮތުން، މި ބަލީގެ ސަބަބުން، އުފަންވިއިރުވެސް، ދަރިފުޅުގެ ހަންގަނޑުގެ ވަށައިގެން ހަރު ކަވަރެއް ލެވިފައިވެއެވެ. އަދި، ހަންގަނޑު އިންފެކްޓް ވުމަކީ، އާއްމު ކަމެއްކަމަށްވެސް އޭނާ ބުނެފައިވެއެވެ. ހަމައެހެންމެ، އެކަމުގެ ސަބަބުން، ބޭނުން ގޮތަކަށް ކުއްޖާއަށް ނޫޅެވޭކަމަށާއި އަދި ނޭވާލުމުގެ މައްސަލަތައްވެސް ކުރިމަތިވާކަމަށް ބުނެފައިވެއެވެ.

އަލީސިޔާގެ އެއް އަހަރުގެ ދަރިފުޅަށް ޖެހިފައިވާ މި ބަލީގެ ސަބަބުން، އެތައް ބަޔަކު ދަރިފުޅަށް މަލާމާތް ކުރާކަމަށާއި، އެހެންނަމަވެސް، އޭނާ ބޭނުންވަނީ އެކަމާ ގުޅިގެން މީހުން ހޭލުންތެރި ކުރަންކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މ

    سبحان الله
    استغفر الله