އާލިޔާ ބަޓްގެ "ހައިވޭއަށް" 4 އަހަރު ފުރިގެން ގޮސްފައިވާއިރު އާލިޔާ ބަޓް މިވަނީ އަނެއްކާވެސް އެފިލްމްގެ ހަނދާންތަށް އާކޮށްފައެވެ.

"ހައިވޭ" އެންމެންނަށް ކަމުދިޔައީ އެ ފިލްމްގައިވާ އާދަޔާ ހިލާފް ލޯބީގެ ވާހަކައިގެ ސަބަބުންނެވެ. އޭގެ އިތުރުން އޭގައިވާ ލަވަތަކަކީވެސް ގިނަބަޔަކު އެލަވަތަކަށް ހިތްކިޔައިފައިވާ ރީތި ލަވަތަކެކެވެ.

އާލިޔާ މިވަނީ އެ ފިލްމަށް 4 އަހަރުވީ ދުވަހު އޭނާގެ އެ ފިލްމްގެ މަންޒަރެއް ހިމެނޭ މަންޒަރަކާއެކު ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓްގައި އޭނާ ބުނެފައިވަނީ "މި ފިލްމަކީ އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލި ފިލްމެއް. މި ފިލްމަށް ލިބުނު އަދި ލިބެމުންދާ ތަރުހީބަށް އަބަދުވެސް ޝުކުރުވެރިވަން. ޝުކުރިއްޔާ." އެވެ.

"ހައިވޭ" އަކީ އިމްތިޔާޒް އަލީގެ ފިލްމް ތަކުގެ ތެރެއިން "ޖަބް ވީ މެޓް" ފިޔަވައި އެންމެ ކާމިޔާބު ފިލްމެވެ.

އާލިޔާ ވަނީ އޭގެ ކުރިންވެސް ބައެއް ފިލްމްތަށް ކުޅެފައެވެ. ނަމަވެސް މި ފިލްމް ކުޅުނު ފަހުން އޭނާ ވަނީ ވަރަށް ބޮޑަށް މަސްހޫރުވެފައެވެ. އެ ފިލްމްގައި އޭނާގެ އެކްޓް ކުރުމުގެ ހުނަރަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފައެވެ.

އާލިޔާ ވަނީ މިނޫނަސް ކާމިޔާބު އެތަށް ފިލްމް ތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި "ސްޓޫޑެންޓް އޮފް ދަ ޔާ"، "ޑިޔާ ޒިނަދަގީ"، "ޝާންދާރު" އަދި "ޓޫ ސްޓޭޓްސް" ވެސް ހިމެނެއެވެ.

އާލިޔާ ބަޓް ކުރިޔަށްވެސް ގިނަ ފިލްމް ތަކެއް ކުޅުމަށް އެއްބަސްވެފައިވެއެވެ. އޭގެ ތެރޭގައި މަސްހޫރު އާޝިޤީ ސީރީސްގެ 3 ވަނަ ފިލްމާއި، "ސިދާތު"، ގުލްބޯއީ، އަދި "ރާޒީ" ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު