"ނެޓްފްލިކްސް" ގެ ހުރިހާ މެންބަރުން ހާޒިރުވެ ތިބި މީޓިންއެއްގައި ބޭއަދަބީ ބަހެއް ބޭނުންކުރުމުން މީހަކު ވަޒީފާއިން ވަކިކޮށްފި އެވެ.

"ނެޓްފްލިކްސް" ގައި 6 އަހަރު ދުވަހު ހިދުމަތް ކޮށްދިން ޖޯނަތަން ފްރިޑްލެންޑް ވަޒީފާއިން ވަކިކޮށްފައި ވަނީ ސްޓާފް މީޓީންއެއްގައި ހުރިހާ އެންމެނާ މުހާތަބުކޮށް ބޭއަދަބީ ބަހެއް ބޭނުންކޮށްފައި ވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި އޭނާ ވަޒީފާއިން ވަކިކުރިއިރު ހުންނެވީ ނެޓްފްލިކްސްގެ ޕީއާރް ޗީފް ކޮމިއުނިކޭޝަން އޮފިސަރ ގެ ގޮތުގައި އެވެ.

ފެބްރުއަރީ 2011 ވަނަ އަހަރު ނެޓްފްލިކްސްއާއި ގުޅި ވަޒީފާގައި ރަނގަޅަށް މަސައްކަތް ކުރުމުގެ ސަބަބުން އަހަރެއް ތެރޭގައި ވަނީ މަތީ މަގާމަކަށް ޕްރޮމޯޓްކޮށްފައި އެވެ.

ރިޕޯޓްތަކަށް މައުލޫމާތުދެމުން ޖޯނަތަން ބުނިގޮތުގައި އޭނާގެ ޓީމްއާއި މުހާތަބުކޮށް އޭނާ ވާހަކަ ދައްކާފައިވާ ބޭއަދަބީ ބަސް އޭނާ ބުނީ މަޖަލެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަމާއި ހިތްހަމަނުޖެހިގެން ވަޒީފާއިން ވަކިކުރުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ނަމަވެސް މި ވޭތުވެދިޔަ އަހަރުތަކުގައި އެ ވަޒީފާގައި އުޅުމުގެ ފުރުސަތު ލިބުމަކީ އުފާވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެހެން ނަމަވެސް ނެޓްފްލިކްސް އަކީ ތަނުގެ މުވައްޒަފުންނަށާއި މީހުނަށް އިހްތިރާމްކުރާ ތަނުގެ ނަން ހަޑިވާ ގޮތަށް ވާހަކަ ދެކެވިއްޖެނަމަ އެކަމަކާ އަޅާނުލައި ހުންނާނެ ފަދަ ކުންފުންޏެއް ނޫންކަން މިކަމުންވެސް ހާމަވެގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު