ކޮވިޑް-19 ގެ އިތުރުން އެހެނިހެން ނުރައްކާތެރި ބަލި ޖެހުނު މީހަކު 85 ދުވަސް ފަހުން ރަނގަޅުވެއްޖެއެވެ.

އިންޑިއާގެ މުމްބާއީގައި ރެސްޓޯރެންޓެއް ހިންގަމުން އަންނަ އުމުރުން 54 އަހަރުގެ ބަރަތް ޕަންޗަލް އަށް އެންމެ ފުރަތަމަ ޖެހިފައިވަނީ ކޮވިޑް-19 އެވެ. އެއީ އޭޕްރިލް މަހުގެ ތެރޭގައެވެ.

އޭރު އޭނާ ކޮވިޑަށް ފައްސިވިއިރު، ހުރީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޮޒު ޖަހައިގެންނެވެ. އެހެން ނަމަވެސް ބަލި ޖެހިގެން ހާލުބޮޑުވެ، އޭނާ އަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށާފައެވެ. އެގޮތުން 0 ދުވަސް ވެންޓިލޭޓަރުގައި އޭނާ އަށް ވަނީ ފަރުވާ ދީފައެވެ.

އޭގެ ފަހުން ނުރައްކާތެރި ކަޅު ފަންގަސް ޖެހި އޭނާގެ ގުނަވަންތައް ވަނީ ފެއިލްވާން ފަށާފައެވެ.

އެގޮތުން ކިޑްނީ، ފުރަމޭ، މޭ ފެއިލް ވެފައިވާ ކަމަށް އޭނާ އަށް ފަރުވާ ދިން ޑޮކްޓަރުން ބުނެފައިވެއެވެ.

އިންޑިއާގެ ޕޮވައި އެލްއެޗް ހިރަނަންދަނީ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ބަރަތްގެ އާއިލާގެ މީހުން ބުނީ، އެއީ ދުވަހަކު ވެސް ފެންނާނެ ދުވަހެއް ކަމަށް ހީނުކުރާ ކަމަށެވެ. އެއީ އޭނާގެ ހަށިގަނޑުގެ ތެރެއަށް ލޭ އެޅުމުންނެވެ.

އޭނާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔައިރު، ހާލު ވަރަށް ސީރިއަސްވިއެވެ. އެހެން ނަމަވެސް 85 ދުވަސް ފަހުން ބަލިތަކުން އެއްކޮށް ރަނގަޅުވެގެން އޭނާ ގެއަށް ދޫކޮށްލާފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.