ދެކުނު ކޮރެއާގެ ޑްރާމާތަކާއި ފިލުމުތަކާއި ލަވަތައް މިހާރު ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލެވެ.

ރާއްޖޭގެ ވެސް ގިނަ މީހުންނަކީ ދެކުނު ކޮރެއާގެ ޑްރާމާ، ފިލުމު ނުވަތަ ލަވަތައް އަޑުއެހުމަށް ޝައުގުވެރިވާ ބައެކެވެ. ''ކޭ ޑުރާމާ'' ބަލައި ހިތްވާ ފަރާތްތަކުން އެންމެ އިންތިޒާރު ކުރަމުން އަންނަނީ އެމީހުންނަށް އެންމެ ކަމުދާ ޑުރާމާއެއްގެ ދެވަނަ ބަޔަށެވެ.

މިގޮތުން ''ހުވަރަންގް''، ''މޫން ލަވާސް''، ''ޑިސެންޑެންސް އޮފް ދަ ސަން''، ''ސްޓްރޯންގް ވުމެން''، ''ގޮބްލިން'' ފަދަ ޑްރާމާތަކަކީ އޭގެ ދެވަނަ ބަޔަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ޑުރާމާތަކެވެ.

މީގެތެރެއިން ''ސްޓްރޯންގެ ވުމެން'' ގެ ދެ ވަނަ ބަޔަށް އިންތިޒާރު ކުރަމުންދާ ފަރާތްތަކަށް އެމީހުންގެ އިންތިޒާރަށް ނިމުމެއް އައީއެވެ. ސޯޅަ އެޕިސޯޑަށް ބަހައިލާފައިވާ މި ޑްރާމާއަކީ އާދަޔާ ޚިލާފު ބާރެއް ހުންނަ އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭ މަޖާ، ލޯބީގެ އަދި ތްރިލާ ޑުރާމާއެކެވެ.

ޕާކް ބޯ ޔަންގްއާއި ޕާކް ހުއަން ސިކްއާއި ޖިސޫ ހިމެނޭ މި ފިލުމުގެ ދެވަނަ ބައިން ފެންނާނެ ތަރިންގެ ނަން އިއުލާން ކޮށްފައި ނެތް ނަމަވެސް ގިނަ ބެލުންތެރިން އެދެމުންދަނީ ދެވަނަ ބައިގައި ވެސް މި ތިން ފަންނާނުން ފެނިގެން ދިޔުމަށެވެ.

ޖޭޓީބީސީގެ ''ސްޓްރޯންގް ވުމަން ދޮ ބޮންގް ސޫން'' ގެ ސްކްރިޕްޓް ލިޔުނު މީހާ ވަނީ މި ޑުރާމާގެ ދެވަނަ ބައެއް ލިޔަމުންދާ ކަމަށް އިއުލާން ކޮށްފައެވެ.

މި އިއުލާން ކުރުމާއެކު މި ޑުރާމާގެ ސަޕޯޓަރުންނަށް އެމީހުންގެ އިންތިޒާރަށް ނިމުމެއް އައީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެހެ

    ޔޭޔޭޔޭޔޭ😁