ޅ. ނައިފަރަށް އުފަން އުމުރުން 21 އަހަރުގެ މަރިޔަމް ޝިފާ މަޝްހޫރުވެގެން އައީ ޓިކްޓޮކުން ކަމަށްވީ ނަމަވެސް އޭނާ އަކީ އުމުރުން 17 އަހަރުން ފެށިގެން ފިލްމީ ދާއިރާގެ އެކި މަސައްކަތްތައް ކުރަމުން އަންނަ ފަންނާނެކެވެ. ނެށުމާއި އެކްޓިންގެ ހުނަރު ހުރި ކުޅަދާނަ ޝިފާގެ ފިލްމީ ހަޔާތަކީ މުޅިން ފޮނި ވާހަކަތަކެއް ނޫނެވެ.

ޝިފާއަކީ އޭނާ ކަންކަމުގައި ދެކޭ ގޮތް ވަރަށް ސާފުކޮށް ހާމަކަން ބޮޑުކޮށް ބަޔާން ކުރާ ފަންނާނެކެވެ. ގިނަ ފަހަރު ފަންނާނުން އިންޓަވިއު އެއް ދިން ކަމުގައި ވީ ނަމަވެސް ވާހަކައެއް ދައްކަނީ އެކަމަކުން ކުރާނެ އަސަރު ވަރަށް ބޮޑަށް ވިސްނައިފައެވެ.

ޝިފާއާ ސުވާލެއް ކޮށްފި ނަމަ އޭނާ އެ ސުވާލަކަށް ޖަވާބުދެނީ ވީހާވެސް ތެދަށެވެ. އެއީ ކިތަންމެ ދައްކަން އުދަނގޫ ވާހަކައެއް ކަމަށްވީނަ މަވެސް އޭނާ ތެދަށް ކަން އޮތް ގޮތަށް ނޫނީ އޭނާ އަށް ފެންނަ ގޮތް ހާމަކުރެވޭތޯ ބަލައެވެ.

އެހެންކަމުން ޝިފާ މިގޮތަށް ދައްކާ ބައެއް ވާހަކަތަކުން އޭނާ ހޫނުފެނަށް ވެއްޓޭ ފަހަރުވެސް އާދެއެވެ. އެގޮތުން މީގެ ކުރިން ރިއަލިޓީ ޓީވީ ޝޯއެއްގައި އޭނާ ފިލްމީ ތަރި މަނިކަށް ނިސްބަތްކޮށް އެއީ އުމުރުން ދުވަސްވީ މީހެއް ކަމަށް ބުނުމާއި ޓިކްޓޮކްގައި ފާޑުކިޔާ މީހުންނަށް ސަމާލުކަމެއް ނެތް ކަމަށް ބުނުމާއި، ޝިފާމެންނަށް ފާޑުކިޔަނީ މަޝްހޫރުވުމުން ކަމަށް ބުނުމުގެ އިތުރުން ދިވެހިންގެ ވިސްނުން ހުންނަ ގޮތް ކަމަށް ބުނެ ދެއްކި ވާހަކަތަކަށް އާއްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.

އެކަމަކު މިފަހަރު މިއޮތީ ޝިފާގެ ކުޑަ އިރުގެ ވާހަކައެކެވެ. ވަރަށް ގިނައިން ޕްރޮގްރާމްތަކުގައި ތަރިންގެ ޅަފުރާގެ ވާހަކަތައް އަހައެވެ. އެގޮތުން ޝިފާ އާއި ދާދިފަހުން ޓީވީ ޕްރޮގްރާމެއްގައި ޕްރެޒެންޓަރު ވަނީ އޭނާ ރޯދަ އަށް ހުރެ ކުޑަ އިރު ސިއްރުން ފެން ބުއިންތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި އޭނާ ބުނީ ރޯދަ އަށް ހުރެ ފެން ނުބޯކަމަށެވެ. ނަމަވެސް މަގުމަތިން ދަމުން މަގުމަތީގައި ހުންނަ ވެޔޮ ކަހަލަ އެއްޗެހީގައި އަޅާފައި ހުންނަ އެއްޗެހި ކައި އުޅޭ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ތޮޅި ކަހަލަ އެއްޗެހި މީހުންނަށް ސިއްރުން ކުޑަ އިރު ކައި އުޅުނު ކަމަށް ޝިފާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދެންދޯ؟

    ލިޔުންތެރިޔާ ހާދަ ވަރަކަށް ޝިފާ ޕްރޮމޯޓް ކުރަނީ؟

    11
  2. ދޔި

    މިނާ ހަޔަރުކުރޭ

    9
    1
  3. ޔ

    އަހަރެން ކުޑައިރުރޯދަޔަށްހުރެކުރިކަމެއްއިގޭތަ. މަޢްރިބުނަމާދަށް ބަންގިހަމަގޮވާއިރަށް ރޯދަވީއްލަނީ. ވަރަށް މަޖާދޯ

    20
    2
  4. ސިފާ

    ރޯދަހިފާނަމަ ދޯ ރޯދައަށްހުރެ އެެއްޗެއް ކެވޭނީ

    9
    1
  5. ޙުކުމަލެ

    ހަމައެކަނި އެވާހަކަ ބުނަން އެހުރިހާ ހާސަރެއް ދަމާފަ!!

    15