ނަސީބު ހުރި ނަމަ އިންސާނެއްގެ ހަޔާތް ބަދަލުވާން ނަގާނީ އެންމެ ކަމެކެވެ. ނޫނީ އެންމެ ހާދިސާއެކެވެ. ބައެއް ފަހަރު ކަންކަން ވަނީ ރަނގަޅަކަށެވެ. އަނެއްބައި ފަހަރު ކަންކަން ދަނީ ގޯހުން ގޯހަށެވެ. ދުބާއިގައި މަސައްކަތް ކުރި އިންޑިއާ މީހަކަށް މިއޮތީ ވަރުގަދަ ނަސީބެއް ލައްވާލައިފައެވެ.

މިއީ އޭނާގެ ހަޔާތް ބަދަލުކޮށްލާފަދަ ބޮޑު ނަސީބެކެވެ. ކެރެލާ އަށް އުފަން އެ މީހާ އަކީ ދުބާއިގައި މަސައްކަތްކުރަމުން އައި މީހެކެވެ. އޭނާ މިވަނީ 20 މިލިއަން ދިރްހަމްގެ ލޮޓަރީއެއްގެ ނަސީބުވެރިއަކަށް ވެފައެވެ.

ރަންޖީތް ސޮމަރަންޖަން ނަމަކަށް ކިޔާ މި މީހާ އަކީ ވަރަށް ގިނަ ލަކީޑްރޯތަކުގައި ބައިވެރިވާ މީހެކެވެ. އަދި އޭނާ އައީ ވަރަށް ގިނައިން އެކި ޒާތްޒާތުގެ ކޫޕަންތައް ގަނެގެން ލޮޓަރީތަކުގައި ވެސް ބައިވެރިވަމުންނެވެ. ފާއިތުވި ތިން އަހަރު އޭނާ އަށް ނަސީބު ލައްވައެއް ނުލައެވެ.ލ

ޚަލީޖް ޓައިމްސްގައިވާ ރިޕޯޓެއްގައިވާ ގޮތުން ތަންޖީތު މުއްސަނދިވިކަން އެނގުނީ އޭނާ އަބޫދާބީގެ މިސްކިތެއް ކައިރީގައި ހުއްޓައެވެ. އޭނާ އަށް ލިބުނު ފައިސާ އޭނާ ވަނީ އޭނާގެ ގާތް 10 މީހުންގެ މެދުގައި ބަހާލުމަށް ނިންމައިފައެވެ.

އެ 10 މީހުންނަކީ އެއްކޮށް ޓިކެޓް ގަންނަން ގޮސް އުޅުނު 10 މީހުންނެވެ. އެ މީހުންގެ ތެރޭގައި އިންޑިއާ އަދި ނޭޕާލް މީހުން ހިމެނެއެވެ.

ދެހާސް އަށަކުން ފަށައިގެން ދުބާއީގައި މަސައްކަތް ކުރަމުން އައި ރަންޖީތު ވަނީ އެތަނުގައި އެކި ވަޒީފާތައް އަދާކޮށްފައެވެ. އަދި ޑްރައިވަރެއްގެ ގޮތުގައި ވެސް އޭނާ ވަނީ ތަފާތު ކުންފުނިތަކުގައި މަސައްކަތް ކޮށްފައެވެ. އޭނާގެ އަނބިމީހާ އަކީ ހޮޓެލްއެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ވަނީ ފައިސާ އާއި މެދު ކުރާނެ ކަމެއް އަދި ނުވިސްނާކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު