މިވަގުތު ދަރިފުޅާއި އެކު ޕެރިހުގައި ޗުއްޓީ ހޭދަކުރަމުންދާ ކައިލީ ޖެނާގެ ދަރިފުޅު ސްޓޯމީއަށް އެމެރިކާގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ކެޓީ ޕެރީ ހަދިޔާއެއް ދީފިއެވެ.

މެއިލްއެއްގެ ޒަރިއްޔާ އިން ކެޓީ ޕެރީ ސްޓޯމީއަށް ހަދިޔާ ފޮނުވިއިރު ކައިލީ ވަނީ ސްނެޕެއް މެދުވެރިކޮށް ކޭޓީ އަށް ޝުކުރު އަދާކޮށްފައެވެ. ކޭޓީ ސްޓޯމީއަށް ދިން ހަދިޔާ ތަކުގެ ތެރޭގައި ކުޑަ ކުޑަ ބޫޓެއްވެސް ހިމެނެއެވެ.

ކޭޓީ އެންމެ ފަހުން ޓުއާއެއް ބޭއްވީ 2015 ގަ އެވެ. އެއީ "ދަ ޕްރިޒްމެޓިކް ވޯލްޑް ޓުއާ" ގެ ނަމުގައި ބޭއްވި ޓުއާ އެވެ.

އުމުރުން 32 އަހަރުގެ ލަވަ ކިޔުންތެރިޔާ އެންމެ ފަހުން އަލްބަމެއް ނެރުނީ 2013 ގަ އެވެ. އެއީ ޕްރިޒަމް" އެވެ. އޭގެ ކުރން އޭނާ ވަނީ ޓީނޭޖް ޑްރީމް (2010)، ވަން އޮފް ދަ ބޯއިސް (2008) އަދި ކެޓީ ހަޑްސަން (2009) ގެ ނަމުގައި ކާމިޔާބު އަލްބަމްތަކެއް ނެރެފަ އެވެ.

މިވަގުތު ދަރިފުޅަށް ގިނަ ވަގުތު ހުސްކުރަމުންދާ ކައިލީ އަންނަނީ އޭނާގެ ބްރޭންޑްގެ ޕްރޮޑަކްޓްތައް އިތުރުކުރަން ވެސް މަސައްކަތް ކުރަމުންނވެ. ކައިލީއަކީ ކާޑޭޝިއަން އާއިލާގެ އެންމެ މުއްސަނދި މެމްބަރެވެ. އެގޮތުން 2022 ވަނަ އަހަރު ކައިލީ ބިލިޔަނަރަކަށް ވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާަަަެގަލަަަަަނަ

    ޜަނގަލު