ބަރުދަން ލުއިކުރުމަކީ އުނދަގޫ ކަމެއްކަން ނޭނގޭ މީހަކު ނުހުންނާނެއެވެ. އަދި ރަނގަޅު ޑައިޓެއް ހިމަނައިގެން ބަރުދަން ލުއިކުރުން ކުރިއަށް ގެންދިޔުމަކީ ބޭނުންތެރިކަމެކެވެ.

ކުޑަދުވަސްކޮޅެއްގެ ތެރޭގައި 22 ކިލޯ ހިއްކާލި އިންޑިޔާ އަށް އުފަން ޑިވިޔަންގް ޝްރޮފް ވަނީ އޭނާގެ ވާހަކަ މީޑިޔާއަށް ހިއްސާކޮށްފައި އެވެ. 22 ކިލޯ ހިއްކާލުމަކީ ކުޑަ މަސައްކަތެއް ނޫނެވެ. އަމިއްލަ ހަށިގަނޑާއިމެދު ވިސްނައިގެން ކުރިއަށް ގޮސްފިނަމަ ކާމިޔާބުވުން ގާތެވެ.

ޑިވިޔަންގް ކިޔައިދިން ގޮތުގައި އޭނާއަށް އެންމެ ފުރަތަމަ ކަމަކަށް އުނދަގޫވީ މީހުންގެ މަލާމާތުން ސަލާމަތްވުމެވެ. އެގޮތުން އެމީހުންނާއި ދުރުވެ އަމިއްލަ ވިސްނުމާއި ހިތްވަރު ވަރުގަދަކުރި ކަމަށެވެ.

އަދި މަލާމާތުން ސަލާމަތްވެވޭނީ އަމިއްލައަށް ކަމަށް ޑިވިޔަންގް ބުނެފައިވާއިރު އޭނާ ބުނިގޮތުގައި ލޯގަނޑު ކުރިމަތިން އަމިއްލަ މީހާ ފެނުމުން ހިޔާލަށް އެ ގެންނަ ވިސްނުންތަކަކީ މީހާ ހަލާކުކޮށްލާ ކަމެއް ކަމަށާއި އެ ވިސްނުންތައް ވަރުގަދަ ނުކޮށް ކުރިއަކަށް ނުދެވޭނެ ކަމަށެވެ.

އެއަށްފަހު ފުޓްބޯޅަ ކުލަބްއެއްގައި ބައިވެރިވުމަކީ އޭނާގެ ލޯ ހުޅުވުން ކަމެއް ކަމަށެވެ. އެގޮތުން ފުރަތަމަ ކުޅެން ގޮސް އޭނާއަށް އެންމެ ލަހުން ދުވެވި، ފުލުގައި އޮންނަން ޖެހުމުން ހިކެން ބޭނުންވި ކަމަށެވެ.

ދެން ކެއުން ބަދަލުކޮށް ކުރިން ކާން ގެންގުޅުނު ކުނި ކެއުންތަކާއި ތެޔޮ އަދި ހަކުރު ބޭނުންކުރުން މަދުކުރިއެވެ. އެގޮތުން ހެނދުނު ނާސްތާގައި ބޭނުންކުރީ ގްރީންޓީ، ކިރު އަދި ހިކި މޭވާއެވެ. ދެން މެންދުރު ނާސްތާގައި ތަރުކާރީ އަދި ރޭނގަޑު ކެއުން އަވަސްކޮށް ލުއި އެއްޗެއް ބޭނުންކުރިއެވެ.

އޭގެ އިތުރުން ކޮންމެ ހަފްތާއެއްގައި "ޗީޓްޑޭ" އެއްގައި ޕިއްޒާފަދަ އެއްޗެއް ކެއުމުގައި ބޭނުންކުރާ ކަމަށް އޭނާ ބުންޏެވެ. އަދި އެ ޕިއްޒާއަކަށްވެސް ބޭނުންކުރަނީ ތަރުކާރީ ޕިއްޒާއެއް ކަމަށް ޑިވިޔަންގް ކިޔައިދިނެވެ.

ކިޔުންތެރިންގެ ހިޔާލު