2017 ވަނަ އަހަރު ބޮލީވުޑަށް އަލަށް ތައާރަފްވި ކުޅަދާނަ ބަތަލާ ނިއްދީ އެގާވަލް އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލް އާއި ލޯބީގެ ގޮތުން ގުޅުގެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ނިއްދީ ބުނެފައިވަނީ ރާހުލް އަކީ ވަރަށް ކުރީއްސުރެއް އެނގޭ މީހެއް ކަމަށާއި އެ ދެމީހުން ކިޔެވީ އެއް ކޮލަޖަކުން ކަމަށެވެ.

ރާހުލް އާއި ނިއްދީ އެކުގައި އުޅޭތަން ދަށްކުވައިދޭ ފޮޓޯތަކެއް މީސް މިޑިއާގައި އާންމުވެފައިވާއިރު އެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ ދެ ތަރިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. ނަމަވެސް ނިއްދީވެސް އަދި ރާހުލްވެސް މިކަމަށް ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ،

ނިއްދީ އެންމެ ބޮޑަށް ބޮލީވުޑްގައި މަޝްހޫރުވެފައިވަނީ މިދިޔަ އަހަރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ މުންނާ މައިކަލް އިންނެވެ. ޓައިގާ ސްރޮފް އާއި އެކު ލީޑު ރޯލުން ނިއްދީ ފެނިފައިވާއިރު އެ ފިލްމުގެ ފަހުން އޭނާއަށް އެކި ފިލްމުތަކުން ވަނީ ހުށައެޅުންތަށް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު