ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި، އަބްދުﷲ މުއާޒްގެ ދަރިފުޅު އައިރީން އަބްދުﷲ މުއާޒް (ރޫބީ) އަށް ހަތް އަހަރު ފުރުން އުފަންދުވަސް 'ލޮލް ސަޕްރައިޒް' ތީމްއަށް ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ.

ރޫބީއަށް ހަތް އަހަރު ފުރުނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު ކުލަގަދަކޮށް އުފަންދުވަސް ފާހަގަ ކޮށްފައިވާ ފޮޓޯތައް މީސް މީޑިއާއިން ނުފެނުނު ކަމުގައި ވިޔަސް މުއާ އާއި އޭނާގެ މިހާރުގެ އަނބިމީހާ ބަތަލާ މަރިޔަމް އައްޒަ (އައްޒަ) ވަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔައި ލޯބި މެސެޖެއް ހިއްސާކޮށްފައެވެ.

”ދަރިފުޅަށް 7 އަހަރު ފުރުނީ. ދަރިފުޅަށް ވަރަަށްވެސް އުފާވެރި އުފަންދުވަހަކަށް އެދެން. ބައްޕަ ވަރަށް ލޯބިވޭ ދަރިފުޅުދެކެ. ތިޔައީ ބައްޕަގެ އުންމީދު" އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޯއާއި އެކު ރޫބީއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން މުއާ ލިއެފައިވެއެވެ.

ރޫބީ އުފަންދުވަހުގެ ހަފްތާއެއް ފަހުން އައްޒަގެ މީސް މީޑިއާ އެކައުންޓް ތަކުން ރޫބީގެ އުފަންދުވަސް ފާހަގަ ކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތައް ފެންނަން ފެށިއެވެ. އިއްޔެ އައްޒަ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައިވާ މުއާ، އައްޒައާއި، އައްޒަގެ އީތަން އަދި ރޫބީ ފެނިގެންދެއެވެ.

Ruby
ރޫބީގެ އުފަންދުވަސް ފާހަގަ ކުރުމުގެ ތެރެއިން

ލޮލް ސަޕްރައިޒްގެ ކެރެކްޓާސް ފެންނަހެން ކޭކް ޓޮޕާއެއް ހަރުކޮށްފައިވާ ރީތި ކޭކެއް މޭޒުމަތީގައި ބެހެއްޓިފައިވެއެވެ. ކޭކުގެ އަރިމަތިން އެއްފަރާތެއްގައި ލޮލް ކެރެކްޓަރ ޓޮޕާ ހަރުކޮށްފައިވާ ކަޕްކޭކްތަކެއް މޭޒުމަތިން ފެންނަން ހުއްޓެވެ. މޭޒުގެ ފަހަތުން ލޮލް ސަޕްރައިޒް ކެރެކްޓާތަކާއި ފުއްޕާހަންތައް ފެންނަން ހުއްޓެވެ. ޑެކަރޭޝަން އެހާ ޗާލެވެ.

އައްޒަ އާއި މުއާ ރޫބީ އާއި އެކުގައި

ރޫބީއަށް އުފަންދުވަހުގެ ހަދިޔާއަކަށް ބޮޑު ފޮއްޓެއް ލިބިފައިވެއެވެ. ފޮށީގައި ހުރި ހަދިޔާތައް ކަމުދާނެކަމަށް އުންމީދުކުރާ ކަމަށް ބުނެ އައްޒަ އިންސްޓަގްރާމުގައި ރޫބީ އެ ހަދިޔާ ފޮށި ކަނޑާ މަންޒަރު ހިއްސާ ކޮށްފައިވެއެވެ.

 

View this post on Instagram

 

A post shared by Mariyam Azza (@axzxa)

އޭގެ ތެރެއިން ފެނިގެންދަނީ ފަންސޫރު ފޮއްޓާއި، ދަބަހާއި، ކުޑަ ނޯޓު ފޮތަކާއި އަދި ލޮލް ސަޕްރައިޒް ކެރެކްޓާސް ކުރަހާފައިވާ ކުޝަން އަކާއި އެހެންވެސް ލޮލް ތީމްގެ ތަކެއްޗެކެވެ. ފޮށިން ކޮންމެ އެއްޗެއްވެސް ރޫބީ ނަގަނީ ލޯބި ހިނިތުންވުމަކާއި އެކުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚކ

    ލޮލް މިދެން ހަބަރެއް ތަ

    12
  2. ދިދަ ދަނޑި

    ދެއްކެން އުޅޭ ވާނުވާތަކެއް... ހީވަނީ އާ ކުކުޅަކަށް ގާ ބިހެއް އެޅިގެން އުޅޭހެން..

    10