ދަތުރުދާ ކޮންމެ ފަހަރަކު ނުވަތަ މޫދަށް ދާ ކޮންމެ ދުވަހަކު ގޮތަކަށް އެންމެންވެސް ކުރަން ބޭނުންވާނެ ކަމަކީ ގޮނޑުދޮށުގައި ވަޅެއް ކޮނެގެން އޭގެ ތެރެއަށް ފައިބައިގެން ތިބުމުވެ. ނުވަތަ އޭގެ ތެރޭގައި ވަޅު ލެވުމެވެ. އެހެން ނަމަވެސް މިފަދަ ކަންތައްތަކުން ދެން ކުރިމަތިވެދާނެ ނުރައްކަލަށް އެއްވެސް މީހަކު ނުވިސްނައެވެ.

މިއީ އެފަދަ ގޮތަކަށް ކޮނުނު ވަޅުގަނޑަކަށް ވެއްޓުނު މީހެއްގެ ވާހަކައެވެ. އިންގްލޭންޑުގެ އަވަށެއް ކަމަށްވާ ނިއުގުއޭ ގައި ހިނގާދިޔަ މި ހާދިސާގައި އެމީހާ ވެއްޓިފައިވަނީ އޭނާ އަމިއްލައަށް ކޮނުނު ވަޅުގަނޑަކަށް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ އުމުރުން 18 އަހަރުގެ އެމީހާ ސަލާމާތް ކުރުވުނުއިރު، އޭނާ އޮތީ އެ ވަޅުގަނޑުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން ސަލާމާތް ކުރެވުނީ އެއްކޮށް އެ ވަޅު ކޮނެގެން ކަމަށެވެ.

އޭނާ ސަލާމާތް ކުރުމަށް އޭނާގެ ރަހުމަތްތެރިންނާއި ގިނަ ބަޔަކު އެ ވަޅު ކޮނުނު ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އޭނާ ސަލާމަތް ކުރަން ހަރަކާތްތެރިވި މީހުންނާއި ހަވާލާދީ ރިޕޯޓްތަކުން ބުނެފައިވަނީ އެއީ ނުރައްކާތެރި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން މީހާ ފިތި، ނޭވާ ހާސްވުން އެކަށީގެންވާ ކަމަށެވެ. އަދި ހާއްސަކޮށް، ތެތް ވެލި ވަރުވެ، ނުރައްކާވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް މާބޮޑުވަރު ނުވި ނަމަވެސް، އޭނާ އެވަޅުގަނޑުން ނަގައި ފަރުވާ ދިނުމަށް ފަހު ގެއަށް ވަނީ ފޮނުވާލާފައެވެ.