ރޫހާނީ ކަންތައްތަކަކީ ބައެއް މީހުން ވަރަށް ބޮޑަށް ބިރުގަންނަ ކަންކަމެވެ. އެފަދަ ކަމެއް ދިމާވެއްޖެނަމަ ބައެއްް މީހުން ވަރަށް ވޭނުގައި އުޅެއެވެ. ބައެއް މީހުން ވަރަށް ބިރުން ހޭނެތޭ ހިސާބަށް ދެއެވެ.

އެފަދަ ކަމެއްގެ ތެރެއަށް ވަދެގެން އުޅެވޭނެ ވަރުގެ މީހެއް އެބަ ހުރި ހެއްޔެވެ؟. ނޫނެކެވެ. ބިރުން މީހާ ހަލާކުވެެދާނެއެެވެ. ޖިންނީ ފަދަ ރޫހާނީ އެއްޗެހި އުޅޭ ޖަލެއް ނިއުޔޯކްގައި ހުންނަކަން އެނގޭ ހެއްޔެވެ؟.

އެ ޖަލަށް ކިޔަނީ ދަ މިޑް އޮރެންޖް ކަރެންޝަނަލް ފެސިލިޓީއެވެ. އެތަނަކީ ޖިންނި ފަދަ ރޫހާނީ އެތައް އެއްޗެއް އުޅޭ ތަނެއް ކަމަށް އެފަދަ އެއްޗެހި ހޯދުމުގައި އުޅޭ މީހުން ބުނެ އުޅެެއެވެ.

އޮރެންޖް ކައުންޓީގައި ހުންނަ މިތަނުން ޖިންނި ފަދަ ރޫހާނީ އެތައް އެއްޗެއް އެތައް ބަޔަަށް ފެެނިފައި ވެއެވެ. އަދި އެތަނުގެ ތެރެއިން އާދަޔާ ހިލާފު އެތައް ކަމެއްވެސް ފެނިފައިވާ ކަމަށް ވެއެވެ.

"އެތަނުގެ ތެރޭގައި ކަރަންޓުގެ މައްސަލަތައް ޖެހުމާއި، ހިޔަނި ފެނުމާއި، ގައިގައި އަތްލުމާއި، ތަފާތު އަޑުއަޑު އިވުމާއި، ހިނގާ އަޑު އިވުން ފަދަ ކަންކަން ކުރިމަތިވޭ". ޔޫއެސްއޭ ގޯހްޓް ހަންޓް އިން ބުނެފައި ވެއެވެ.

އެ ޖަލަކީ ފިރިހެނުންނަށް ހާއްސަ ޖަލެއްގެ ގޮތުގައި ކުރިން ހިންގަމުން ދިޔަ ތަނެކެވެ. އެތަން ހުޅުވީ 1932 ވަނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުއެވެ. ވާރވިކްގައި ހުޅުވި އެ ޖަލުގެ ނަން މިޑް-އޮރެންޖް ކަރެކްޝަނަލް ފެސިލިޓީގެ ނަމަށް ބަދަލުކުރީ 1976 ވަނަ އަހަރުއެވެ. އަދި އެތަން 2011 ވަނަ އަހަރު ތެރޭގައި ވަނީ ބަންދުކޮށްފައެވެ. މިއަދު އެތަނަކީ ޖިންނީންގެ ހާއްޔެކެވެ. ރޭގަނޑު ގަޑީގައި އެތަނުގައި ރޫހާނީ އެތައް ކަމެއް ހިނގާއިރު، އެފަދަ އެއްޗެހި މެރުމުގައި އުޅޭޭ މީހުންނަށްވެސް އެތަން ވެފައި ވަނީ ބިރުވެރި ތަނަކަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، އެ ތަން ބަންދުކޮށްފައިވަނީ ގަވަރުނަރުގެ އެދުމުގެ މަތިންނެވެ.

އެެހެންކަމުން މިތަނަށް ޖިންނި ބަލާލަން ދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު އެބަ އޮތެވެ. އެތަނުގެ ތެރޭގައި ހުރި ޖިންނީން އެންމެ ގިނައިން އުޅޭ ތަންތަނަށް ވަންނަން ފުރުސަތު ލިބޭނެއެވެ. އެފަދަ ފަރާތްތަކަށް ފުރުސަތު ދެނީ ގޯސްޓްހަންޓްޔޫއެސްއޭއިންނެވެ.