ގެރިއެއް ވަގަށް ނެގިކަމަށް ބުނެ، މުސްލިމު ފިރިހެނަކަށް އަނިޔާކުރާ ވީޑިޔޯއެއް އާއްމުވެއްޖެއެވެ. މި ވީޑިޔޯ އާއްމުވެފައިވަނީ އަވަށްޓެރި އިންޑިޔާގެ ހާޕޫރުންނެވެ.
ނޫސް ރިޕޯޓުތައް ބުނާގޮތުގައި، މީސް މީޑިޔާގައި އާއްމުވެފައިވާ މި ވީޑިޔޯ އިން ފެންނަ މީހާގެ ނަމަކީ ސަމިއްޔުއްދީން އެވެ. އަދި، އެއީ އުމުރުން 65 އަހަރުވެފައިވާ ދުވަސްވީ މީހެއްކަމަށްވެސް ބުނެފައިވެއެވެ.
ރިޕޯޓުތައް އިތުރަށް ބުނެފައިވާ ގޮތުގައި، ވީޑިޔޯ އިން ފެންނަ ގޮތުގައި، އެމީހާ ލައްވާ، އެމީހާ ގެރި ވަގަށް ނެގިކަމަށް ގަދަކަމުން އެއްބަސްކުރުވައެވެ. އެކަންކުރުމުގެ ގޮތުން، އެމީހާގެ ތުނބުޅިއަށް ދަމާ، އެނޫންވެސް އަނިޔާތައް ކުރާ މަންޒަރު ފެނެއެވެ. ހަމައެހެންމެ، އެމީހާގެ ބޮލުގައި ޖެހުމުން، ބޮލުން ލޭ އަންނަ މަންޒަރުވެސް، އާއްމުވެފައިވާ ވީޑިޔޯތަކުން ފެނެއެވެ.
ވީޑިޔޯގައި އެމީހާއަށް ޖިސްމާނީ ގޮތުން އަނިޔާކުރުމުގެ އިތުރުން، އެމީހާއަށް އަނގަބަހުންވެސް ވަރަށް ހުތުރު ތަކެތި ކިޔާކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް، ވީޑިޔޯ އިން އިވެނީ ކޮން ބައެއްގެ އަޑުކަމެއް ސާފުވެފައި ނުވެއެވެ.
ސަމިއްޔުއްދީނަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، އަދިވެސް އޭނާ އަށް ދަނީ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.
މި މީހާގެ އިތުރުން، މީގެ ހަތަރު ދުވަސްކުރިންވެސް، ގެެރިއެއްގެ މައްސަލައިގައި މުސްލިމަކަށް އަނިޔާކޮށްފައިވެއެވެ.
މީ ދެން ކިހާ ބޮޑު ވެއްޖެކަމެއް.އިންޑިޔާގެ ހިންދޫން ވެގެން ހުރިހާ ގެރިތަކެއް ތިޖޫރީއަކަށްލާ ފޮރުވާފަ ބަހައްޓަންވީނުން.މިމީހުންނާހެދި މުސްލިމުންނަށް ހަމަނޭވާ ލެވޭވަރެއްނޫން.
އިންޑިޔާގެރިތައް ހާދަ ފޮނިވާނެޔޭ ދޯ؟
އިންޑިޔާގައި މިފަދަ ހާދިސާއެއް ނުހިގާ ހަމަ އެއްދުވަސްވެސް ނާދެއެވެ!އެކަމަކު ވައިހަމަތާ! އެކަމަކު އެހެންމީހުންނާ ދިމާލަށް އަގަހުޅުވަން ލަދެއްވެސް ގަންނަނީކީއެއް ނޫނިއްޔަ!
ތިޔަ އިންޑިއާ މީހުން އަމިއްލައަށް ތިޔަ ގެރިތަށް މަރަން ޖެހޭދުވަސްވެސް ހަމަ ދެއްކެވުމަކީވެސް ދުރުގާވާކަމެއް ނޫން !
މާތްﷲ ޤުރުއާންގަވެސް ބަޔާން ކުރައްވަވާފަވޭ ގެރި އަކީ ކަލާނގެ ކަމައް ކޮންމެވެސް ބަޔަކު ގަބޫލް ކުރިކަމައް.. استغفر الله