ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިންގެ ސަބަބުން ބައެއް ފަރާތްތަކުން ބަލިވި ނަމަވެސް، ބައެއް ފަރާތްތަކަށް އާދަޔާ ހިލާފު ކަންތައްތައް ދިމާވަމުން އަންނަ ވާހަކައަކީ ފަހަކަށް އައިސް ގިނަ ބަޔަކު ދައްކަމުން އަންނަ އެއް ވާހަކައެވެ.

އެގޮތުން މިއީ ވެސް ކޮވިޑުން ރައްކާތެރިވުމަށް އިންޑިއާއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ދެ ޑޮޒު ފުރިހަމަ ކުރި މީހަކަށް ލިބުނު އާދަޔާ ހިލާފު ބާރެއްގެ ވާހަކައެވެ.

އިންޑިއާގެ މަހަރަސްތަރަ އަށް ނިސްބަތްވާ އާވިންދް ސޯނާ ބުނެފައިވަނީ އޭނާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހި ފަހުން ދަގަށްފާނު ބާރު އޭނާގެ ހަށިގަނޑުގައި ހުންނަ ކަމަށާއި އެކަމުގެ ސަބަބުން ދަގަނޑު އެއްޗެހި އޭނާގެ ހަށިގަނޑުގައި ތައްލަވާ ކަމަށެވެ.

އެކަން ގިނަ ބަޔަކު ގަބޫލު ނުކުރާނެތީ އޭނާ ވަނީ އެއީ އަސްލު ކަމެއް ކަމަށް ދެއްކުމަށް ވީޑިއޯއެއް ވެސް ހަދާފައެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ އޭނާ ކޮޅަށް ހުންނައިރު، އިތުރު މީހަކު އޭނާގެ ގައިގައި ދަގަނޑު ސަމުސަލާއި ފައިސާ ފޮތި ޖައްސާ މަންޒަރެވެ. އަދި ފައިސާ ފޮތި ޖައްސާއިރަށް އެތަކެތި އޭނާގެ ހަށިގަނޑުގައި ތައްލަވައެވެ.

 

View this post on Instagram

 

A post shared by Bol Bhidu (@bolbhidu)

އެ ވީޑިއޯ ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފައިވާއިރު، އެ ގައުމުގެ ޑޮކްޓަރުން ބުނެފައިވަނީ އެއީ ވެކްސިންގެ ސަބަބުން ކުރިމަތިވެފައިވާ ކަމެއް ކަން ކަށަވަރު ނުކުރެވޭނެ ކަމަށާއި އެކަމާއި ގުޅޭ ގޮތުން ވަކި އެއްޗެކޭ ބުނަން އެނގޭނީ ޓެސްޓްތައް ހަދުމަށްފަހު ކަމަށެވެ.

މިއީ ވެކްސިން ޖަހަގެން އެފަދަ ކަމެއް ކުރިމަވެފައިވާ ކަމަށް ބުނި ހަމަ އެކަނީ މީހާއެއް ނޫނެވެ. އެގައުމުގެ ދިއްލީގައި އުޅޭ މީހަކު ވެސް ވަނީ ހަމަ އެފަދަ ވީޑިއޯއެއް ހަދައި އޭނާއަށް ވެސް ހަމަ އެ ބާރު ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި އިތުރު މީހަކު ބުނެފައިވަނީ ކޮވިޝީލްޑް ވެކްސިން ޖެހުމުން އޭނާގެ ގިނަ އަހަރުތަކެއް ވަންދެން ގެއްލިފައި ހުރި ލޮލުގެ ފެނުން އަނބުރާ ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޮޔަ ހިންދުސްތާން

    ގައިގަ ޑަބަލް ޓޭޕް ލާފަ ދަގަނޑު އެއްޗެއް ނޫން ޕްލާސްޓިކް ވިޔަސް ޑަބަލް ޓޭޕް ލާފަ ހަރުކޮށްބަލަ ހަރު ނުވޭތޯ ބަލަން،،،،،. 😂😂😂😂

    7
    1
  2. އައްޑޫ ޝަކުވާ ބޯޓު

    ޗީޑި. ފެންނުވަރާ އުޅޭތީ ތިއޮތީ ދާތަށް ތެރަހަށް ވެފައި.
    ދެން ކޯވިޑަށް އަޅުކަން ކުރަންފަށާ
    މިހާ މަަކަރުވެރި ޖާދޫދައްކާ ދޮގުހަދާ ހެއްދެވި ރަސްކަލޭނގެ ފިޔަވައި ދުނިޔޭގައި ލެެއްވިހައި އެއްޗަކަށް އަޅުކަންކޮށް ސަޖިދަކުރާ މަރުމޯލުންތަކެއް މިނޫނީޔާ ނޫޅެނެ .

    7
    1
  3. ޙހ

    ރާއްޖޭގައި ވެސް ދިމާވެފަ އެބަހުރި ކަންފަތައް އާދަޔާ ޚިލާފަށް ބާރުމިނެއްގައި ހަޑުއިވޭތީ އުޅެން އުދަގޫ ވެގެން ކުއްޖަކު އޕއ އަށް ގުޅާނެ

    1
    1
  4. ތުއްތުނާ

    ބޮޑަށްބެލެވެނީ ތިމީހާއަކީ ގެ ރީގެނަޖިސް ހާކައިގެންއުޅޭމީހެއްކަމަށް ؟