ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އާއި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) ވަރި ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޒިޔާ ދޮގުކޮށްފިއެވެ.

އޮންލައިން ނޫސް "ދެން" އިން އެގޮތަށް ރިޕޯޓްކޮށްފައި ވަނީ ޒިޔާ އާ ހާވާލާދީއެވެ.

ޒިޔާ އާއި ޝިދާތާ ވަރިވެއްޖެކަމަށް ރިޕޯޓްކޮށްފައި ވަނީ އޮންލައިން ނޫސް "ދުވަސް"އިންނެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި ޝިދާތާ ޒިޔާ ކައިރިން ވަރިވެފައިވަނީ އަމިއްލައަށް ކޯޓަށް ގޮސްގެންނެވެ.

ޒިޔާ ވަނީ އެކަން ދޮގުކޮށްފައެވެ.

"ދެން"ނޫހަށް ޒިޔާ ބުނީ އެއީ އޭނާ ގަބޫލު ކުރާ ހަބަރެއް ނޫން ކަމަށެވެ.

"އަޅުގަނޑާއި ޝިދާތާ އެއްވެސް މައްސަލައެއް ނުޖެހޭ. އަޅުގަނޑުމެންގެ ކައިވެންޏެއް ނުރޫޅޭ. އިނދެގެން މިއުޅެނީ އަދިވެސް" ޒިޔާ އެ ނޫހަށް ބުންޏެވެ.

ޝިދާތާއާއި ޒިޔާ ކައިވެނި ކޮށްފައިވަނީ ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު ވަރަކަށް މަސް ފަހުންނެވެ. މި ދެ މީހުން ކައިވެނިކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

އެގޮތުން އެންގޭޖުވި ދުވަހު ޝިދާތާ ބުނެފައި ވަނީ އޭނާގެ ހިތް ވަނީ އުފަލުން ފުރިފައި ކަމަށާއި، މިއީ ހަޔާތުގެ އާދަތުރެއްގެ ފެށުން ކަމަށެވެ.

ޝިދާތާ މީގެ ކުރިން އެއް ކައިވެންޏެއް ކޮށްފައިވާއިރު، ޒިޔާ ދެ ކައިވެނި ކޮށްފައިވެއެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިހަވަނދޫ

    މިފަހަރު ތިއޮތީ ވަރީގެ ބަރު އެހެންވީމާ ސިދާތާ އަތުގާތާ! ހެ ހެ

    31
    1
  2. އައްޑޫ ޝަކުވާ ބޯޓު

    ހެޔޮނުވާނެ މީހުންނޭ ކިޔައިގެން މިކަހަލަ ފިތުނަފަސާދަ އުފައްދަން. އައިލާތައް ރޫޅޫންއެއީ މުޖުތަމައު އަށްވެސް އެކަމުގެ ނޭދެވޭ އެތަށް އަސަރެއް ކުރާކަމެއް.

    ފޭކް އެކައުންޓުތަށް ހަދައި މިޒާތުގެ ފިިިތުނަ ފަސާދަ އުފައްދާ ބަޔަކު ބިރުވެތި ނުވަނީހެއްޔެވެ؟ މާތްރަސްކަލާނގެ ދެކެދެނެ ވޮޑިގެންވޭ ހުރިހައި ކަމެއް އެންމެ މޮޅަށް. މިއީ ވަރަށް ދަށުދަރަޖައިގެ އަމަލުތަށް، މަޖާކަމެއް ކަމަށް ހަދައިގެން ތިބެކުރަނީ.

    ކުރެވޭ ފާފަތަށް އަދިވެސް މަދީދޯ؟

    20
    1
  3. އައްޑޫ ޝަކުވާ ބޯޓު

    "duvas" ނޫސް މިއީ ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހެއްތަ؟
    ނޫނީ އޮންލައިން ފޭކް ނޫހެއްތަ؟ ހެޔޮވާނީ ކިހިނެއް މިކަހަލަ ފިތުނަ ފަސާދަ އުފައްދަން.
    ދެމަފިރިންނަށް ބާއްޖަވެރި، އުފާފާގަތި މުސްތަގުބަލަކަށް އެދެން.

    17
    1
  4. ކޮއްކޮ

    އާނ، ރަނގަޅު. ވަރިނުކުރާތި ކޮންމެހެން ކުރަންޖެހިގެން ނޫނީ.