ޔާޔާނަބީލްގެ ނަމުގައި ޓިކްޓޮކްގައި އުޅުނު ދިވެއްސެއް ކަމަށްވާ މުހައްމަދު ނަބީލް، 36، ގެ ޓިކްޓޮކް އެކައުންޓް ޑިލީޓްކުރިކަމަށް ބުނިތާ ހަ ވަރަަކަށް ދުވަސް ފަހުން އެ އެކައުންޓް އެކްޓިވްވެއްޖެއެވެ. އެ އެކައުންޓް އެކްޓިވިއިރު، އޭނާ ކުރިން ކުޅުނު ޓިކްޓޮކްތައް ފެންނަން އެބަހުއްޓެވެ.

އަންހެނުން ހެދުން އަޅައިގެންނާއި، ފިލްޓް ބޭނުންކޮށް އަންހެން ކެރެކްޓާއެއްގެ ގޮތުގައި ޓިކްޓޮކްއިން ފެނިގެން ދިޔަ ނަބީލް ވީޑިއޯތަކަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

'ވަގުތު' އަށް މައުލޫމާތު ދެމުން ނަބީލް މީގެ ކުރިން ބުނީ އޭނާގެ ޓިކްޓޮކް އެކައުންޓް ޑިލީޓް ކޮށްފައިވަނީ ބައްޕައަށްޓަކައި ކަމަށެވެ.

ނަބީލް ބުނީ އަންހެން ހެދިގެން ފިލްޓާތައް ބޭނުން ކޮށްގެން ވީޑިއޯތައް ހަދައި ޓިކްޓޮކަށް ދޫކޮށްލަން ފެށުމުން އާންމުންގެ ފަރާތުން އާއިލާއަށް ކުރާ ޕްރެޝަރ ބޮޑުވެގެން ދިޔަ ކަމަށެވެ.

"ޓިކްޓޮކް އެކައުންޓް ހަމަ އަމިއްލަޔަށް ޑިލީޓް ކޮށްލީ. ބައްޕަ ބުނެގެން އަސްލު. ޔާޔާގެ މަންމަވީ ނިޔާވެފައި. ދެން ބައްޕަ ހުންނަނީ. އެހެންވެ ބައްޕަގެ އެދުމުގެ މަތިން ޑިލީޓް ކޮށްލީ. ޓިކްޓޮކްގައި އަންހެން ވެގެން ވީޑިއޯ ކުޅެފައި ހުއްޓަސް، ނަބީލް އަކީ އަސްލު އެހެން އުޅޭ މީހެއް ނޫން. އެކަމަކު އެހެން ޓިކްޓޮކް ކުޅޭތީ އެ ވީޑިއޯތައް ބަލައިގެން އިތުރު މީހުން ވެސް އަންހެން ވެގެން ޓިކްޓޮކް ކުޅޭ. ޓިކްޓޮކްއިން ފެނިގެންދާ އެ ކެރެކްޓާ ސޮސައިޓީއަށް ފިޓް ނުވާތީ ބޭނުންވީ ލޯ ޕްރޮފައިލް ވެލަން. ޓިކްޓޮކްއިން ނުފެނުނަސް އިންސްޓަގްރާމް އާއި ފޭސްބުކްއިން ފެނިގެންދާނެ" ނަބީލް އެެއިރު ބުންޏެވެ.

ނަަބީލްގެ ޓިކްޓޮކް އެކައުންޓް އަލުން އެކްޓިވްވެފައިވާކަން އެނގުމާއި ގުޅިގެން ނަބީލް ބުނީ، އޭނާގެ ފޯނުގައި އެޕްލިކޭޝަންވެސް ނެތް ކަމަށާއި، ވީގޮތްވެސް ނޭނގޭ ކަމަށެވެ.

"ޑިލިޓް ކުރީމަ އޮޓޯއިން އައިސްފައި އިނީ، ވީނީއެއް ނޭނގެ، ޗެކް ކުރަން ޖެހޭނީ". އޭނާ ބުންޏެވެ.

"ޔާޔާ އަސްލު ބޭނުމެއް ނޫން ޓިކްޓޮކްއާ ދުރަށް ދާކާށް، އެއް އަހަރު ފަހުންވެސް ޓިކްޓޮކްއިން ފެނިގެން ގޮސްދާނެ" އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮޔަ

    މިދެން ކިހާދެރަ ކަމެއްތަ އޭން. ތިކަހަލަ މީހުން ޕްރޮމޯޓް ނުކޮށްބަލަ ހެޔޮ ނުވާނެ😑

    38
  2. ޕޮކަންޑިމޭން

    އައިލަވްޔޫ ޔާޔާ

    6
    16
  3. Anonymous

    އަހަންނަށް މީނަ އަންހެނަކާ ވައްތަރެއް ނޫން. ޝައިތޯނަކާ ވައްތަރީ

    23
    1