ޔޫކްރެއިންގެ ފުލުހުން އެގައުމުގެ ސިޔާސީ އިދިކޮޅު ލީޑަރު އަދި ޖޯޖިއާގެ ކުރީގެ ރައީސް މިޚައިލް ސާކަޝްވިލީ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުގެ ފުރާޅުމަތިން ހައްޔަރުުރާ ވީޑިއޯއެއް ޢާންމުވެއްޖެއެވެ.

ޔޫކްރެއިންގެ ފުލުހުން ސާކަޝްވިލީ ހައްޔަރުކުރީ ޖިނާއީ ކުށްތަކެއްގެ ތަހްގީގަށެވެ. އޭނާއަކީ ޖޯޖިއާގެ ކުރީގެ ރައީސް ނަމަވެސް އެއީ ޔޫކްރެއިންގެ މިހާރުގެ ގޮރުނުދޯރެކެވެ.

ޔޫކްރެއިންގެ ވެރިރަށް ކިޔޭވްގެ މެދުތެރޭގައި ހުންނަ، ސާކަޝްވިލީ ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަނުމުން، އޭނާވަނީ އެ އިމާރާތުގެ ފުރާޅުމައްޗަށް އަރާވަޑައިގެން، އިމާރާތުގެ ތިރީގައި ތިބި އޭނާގެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވާފައެވެ.

އެގޮތުން ޔޫކްރެއިންގެ ރައީސްކަމުގައި ހުންނެވި ޕެޓްރޯ ޕްރޮޝެންކޯއަކީ "ވަގެއް" ކަމަށާއި، އޭނާވަނީ ޔޫކްރެއިން ރައްޔިތުންނަށް ޣައްދާރުވެފައިކަމަށް ސާކަޝްވިލީ ވިދާޅުވިއެވެ. އަދި ހުރިހާ ވަގުންތައް ޔޫކްރެއިނުން ފައްސާލުމަށް ރައްޔިތުން މަގުތަކަށް ނުކުތުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

ފުލުހުން ސާކަޝްވިލީ ހައްޔަރުކޮށްގެން ވޭނަށް އަރުވައި ވޭން ދުއްވާލުމާއެކު އެތަނަށް ޖަމާވެފައިތިބި އެތައްސަތޭކަ އާންމުން ވަނީ ވޭން ކުރިއަށްދިޔަނުދީ ހުއްޓުވަން މަސައްކަތްކޮށް އެމީހުންގެ ލީޑަރު ވޭނުން ނެރެ މިނިވަން ކޮށްފައެވެ.

މިކަމާ ގުޅިގެން ޖޯޖިއާގެ ސާކަޝްވިލީގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު މިއަދު ކުރިމަތިލުން ހިނގިއިރު، ޔޫކްރެއިންގެ ރައީސް ޕެޓްރޯ ޕްރޮޝެންކޯ ވަނީ ސާކަޝްވިލީގެ ޕާސްޕޯޓްވެސް ކެންސަލް ކުރައްވާފައެވެ.

ADS BY SHEESHA

ޕާސްޕޯޓް ކެންސަލްކޮށް ޕެޓްރޯގެ ސަރުކާރުން ހުރަސްއެޅުމާއެކުވެސް ސާކަޝްވިލީ އޭނާގެ ސަޕޯޓަރުންގެ އެހީގައި އެނބުރި ޔޫކްރެއިނަށް ވަޑައިގެންނެވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އޭގެފަހުން އޭނާ ގެންދަވަނީ، ސަރުކާރާ ދެކޮޅަށް ޔޫކްރެއިންގައި މުޒާހަރާތައް ބާއްވަމުންނެވެ.

ADS BY ASTERS

2 ކޮމެންޓް

  1. ތީވެސް ވަގެއް

  2. މީވެސް އަންނިއެއް. އަވަހށް ހައްޔަރުކުރޭ ދިގުމުއްދަތަށް ޖަލަށްލާ