ޓެކްސީ ޑްރައިވަރުންނަކީ ވަރަށް ކުރާހިތުން އެ މަސައްކަތް ކުރަމުން އަންނަ ބައެކެވެ. އެ މަސައްކަތުގައި އެތައް ވަގުތެއް ހޭދަކުރަމުން އަންނަ ބައެކެވެ. އެހެން ނަމަވެސް ޓެކްސީ ކުރުމުގެ ތެރެއިން މި ފަރާތްތަކާއި އެތައް ކަމެއް ދަނީ ދިމާވަމުންނެވެ. އެތައް ބަޔަކާއި ބައްދަލުވެ، އެތައް ވާހަކައެއް ހިއްސާ ކުރެވޭއިރު، ނުދަންނަ އެތައް ބަޔަކާއި ގާތް ގުޅުމެއްވެސް އުފެދެއެވެ. އަދި އެމީހުންގެ މެދުގައިވެސް ތަފާތު އެތައް ހާދިސާއެއް ހިނގައެވެ.

މިއީ 2011 ވަނަ އަހަރު ޖަޕާނަށް އެރި ސުނާމީ އަށްފަހު ޓެކްސީ ޑްރައިވަރުންނާއި ދިމާވެފައިވާ ބިރުވެރި ވާހަކަތަކެވެ. އެ މީހުންނާއި ދިމާވަނީ އިންސާނުންގެ ސޫރައިގައި ތިބި ޖިންނީންނެވެ.

އެ ސުނާމީއަށް ޖަޕާނުގެ އެންމެ އުފާވެރި ސަރަހައްދުތައް 2019 ވަނަ އަހަރާއި ހަމައަށްވެސް ފެންނަން ހުރީ ފަޅުކޮށެވެ. އިންސާނުން އުޅެމުންދިޔަ އެ ސަރަހައްދު ފަޅުވިއެވެ. އަދި މުޅި ސަރަހައްދު އަނދިރިވިއެވެ. މި ޓެކްސީ ޑްރައިވަރުން ކޮންމެ ދުވަހަކުވެސް ފެންނަ ގެތަކާއި، ވިޔަފާރިތަކާއި، ސްކޫލްތާއި ހޮސްޕިޓަލްތަަކެއް ނެތެވެ. ފެންނަން ހުރީ ހުސްކޮށެވެ. މިކަންތައް ދިމާވީ 2011 ވަނަ އަހަރުގެ މާރިޗް މަސް ތެރޭގައި ޖަޕާނަށް އެރި ތޫފާނާއެކު، ސުނާމީ އާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައެވެ. އެއިރު އެންމެ ބޮޑަށް ގެއްލުންވި ސަރަހައްދު ކައިރިން ޓެކްސީ ޑްރައިވަރަކަށް ފެނިގެން ދިޔަ އަންހެނަކު ހިނގާފައި ދާ ތަނެވެ. އޭނާއަށް އެކަންވީ ހައިރާން ކުރުވަނިވި ބޮޑު ކަމަކަށެވެ. އެ ޒުވާން އަންހެން މީހާ އެ ޓެކްސީ އަށް ގޮވީއެވެ.

ދުވަހަކީ އެހާ ހޫނު ދުވަހެއް ނަމަވެސް އެ މިހާ ލައިގެން ހުރީ ފިނި އިރު ލާ ކަހަލަ ހެދުމެއްކަން އޭނާއަށްވެސް އެނގުނެވެ. އަދި އެހާ ހޫނުއިރު އަދި އެ ދުވަހު ވާރޭ ނުވެހޭއިރު އޭނާގެ އިސްތަށިގަނޑު ހުރީ ތެތްކޮށްކަން އެނގުނެވެ. އެ ކާރަށް އޭނާ އެެރުމުން އޭނާ ބުނީ، އޭނާ ގެންދަންވީ މިނަހަމާ ޑިސްޓްރިކްޓަށް ކަމަށް ބުންޏެވެ. އަނެއްްކާވެސް ޓެކްސީ ޑްރައިވަރަށް ލިބުނީ ހައިރާން ކަމެކެވެ.

"އެ ސަރަހައްދު މިހާރު އެއްކޮށް ހުރީ ފަޅަށް". ޓެކްސީގެ މީޓަރު އޮން ކުރަމުން ޑްރައިވަު ބުންޏެެވެ.

"ހަމަ ޔަގީންތަ؟ ފަހަތު ސީޓުގައި މީހަކު އިންވެސް ޑްރައިވަރަށް ހީނުވެއެވެ. އެހާވެސް މަޑުމައިތިރިއެވެ. ދެން އެ އަންހެން މީހާ ކުއްލިއަކަށް އަހަނީ "އަަހަރެން މަރުވީތަ" މިހެންނެވެ. މިއާއެކު ބިރުން ހުރެ ޓެކްސީގެ ފަހަތު ސީޓް ބެލިއިރު، އެއްވެސް މީހެއް ފަހަތު ސީޓުން ފެންނަން ނެތެވެ. ފަހަތު ސީޓުގައި އިން މީހާ ގެއްލުނީއެވެ.

މި ވާހަކަތައް ރެކޯޑް ކުރެވުނީ 2016 ވަނަ އަހަރުގެ ތެރޭގައި ޓޯހޮކޫ ގަކުއިން ޔުނިވާސިޓީގައި ސޯޝޮއަޖީ ކިިޔަވަމުންދިޔަ ދަރިވަރެއް ކަަމށް ޔުކޯ ކުޑޯ އެ ސަރަހައްދަށް ގޮސް މައުލޫމާތުތައް އެއް ކުރުމުންނެވެ. އޭނާ ދަތުރު ކުރީ އިޝިނޯމަކީއަށެވެ. އެ ސަރަހައްދަކީ ސުނާމީގައި އެންމެ ބޮޑަށް ގެއްލުންވި ތަނެވެ. އެ ސަރަހައްދުން އެކަނި 3097 މީހަކު މަރުވިއިރު، 2770 މީހަކު ގެއްލުނެވެ.

ކުޑޯ އެތަނަށް ދަތުރުކޮށް ޑްރިވަރުންނާއި އިންޓަވިއު ކުރަމުން ދިޔައީ އޭނާގެ ތީސީސްއަށެވެ. މުޅި އެ ސަރަހައްދުން ފެންނަން ހުރީ ފަޅުކަމެވެ. އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ މީހުން އެހެން ތަންތަނެވެ. އެތަނުގައި ދިރިއުޅެމުންދިޔަ ޑްރައިވަރުން އުޅެނީ ވެއްޓިފައިވާ 50،000 އިމާރާތްތައް ކައިރީ ބުރު އަޅާއަޅާފައެވެ. ކުޑޯގެ ތީސީސްއަށް އޭނާ ޑްރައިވަރުން ކައިރީ ސުވާލު ކުރިޔަސް ޖަވާބެއް ނުލިބެއެވެ. އޭނާ 100 އަށްވުރެ މީހުންނާއި ސުވާލު ކުރިއެވެ. އެކަމަކު އެ މީހުން އޭނާ ކުރި ސުވާލަކަށް ޖަވާބެއް ނުދެއެވެ. ބައެއް މީހުން ރުޅިވެސް އައެވެ. އެހެން ނަމަވެސް ހަތް މީހަކު ވަނީ އެކަން ދިމާވި ގޮތް އޭނާއާ ހިއްސާކޮށްފައެެވެ.

އެހެން ޑްރައިވަރަކު ކުޑޯ ކައިރީގައި ބުނީ، މަގުމަތީގައި ދާނެ މަންޒިލެއް ނެތިފައި ހުރި ޒުވާން ފިިރިހެނަކު އޭނާ ކާރަށް އަރުވައިގެން ދިޔަ ކަމަށެވެ. އެ މީހާ އޭނާގެ ގާތުގައި ދާންވީ ވަކި މަންޒިލެއް ނުބުނެ ކުރިއަށް ދިއުމަށް އެދުނު ކަމަށާއި، ސީދާ ދާންވީ ތަން އެތައް ފަހަރަކު އެހުމުން ބުނީ، ދާން ބޭނުންވަނީ ހިޔޮރިޔަމާ ފަރުބަދަ ކައިރިއަށް ކަމަށެވެ. އަދި އޭނާ ހިޔޮރިޔަމާ ކައިރިއަށް ގޮސް ފަހަތް ބަލާއިރު، ކާކުން ނޭނގޭ އެމީހާ ކާރު ތެރޭގައިވެސް ނެތް ކަމަށް ބުންޏެވެ.

ޖަޕާނަށް އެރި ސުނާމީއަށް މަހެއް ފަހުން ނެގި ފޮޓޯއެއް - ޝަޓާޝޮކް

ޖަޕާނަށް އެރި ސުނާމީގައި 16000 އެއްހާ މީހުން މަރުވިއެވެ. އެތައް ބައެއްގެ ހަށިގަނޑު ނުފެނެއެވެ. އެހެންކަމުން ޖަޕާނުގެ އެ ސަރަހައްދުގައި ޖިންނި އުޅެދާނެ ކަމަށް ބެލެވެއެވެ. އެއީ ވަޅުނުލެވި އެތައް ބައެއްގެ ހަށިގަނޑުވެސް ހުރުމާއި ގުޅިގެންނެވެ.

ގޮސްޓް އޮފް ދަ ޓީސުނާމީ ފޮތުގައި ވާގޮތުން، ބައެއް މީހުންނަށް އެމީހުން ލޯބިވާ މީހުންނާއި އަވައްޓެރިންވެސް ފެނެއެވެ. އަދި ބައެއް މީހުންނަށް އެކި ކަހަލަ އެއްޗެހިވެސް ފެނެއެވެ. ބައެއް މީހުން އުޅެމުން ދިޔައީ ވަރަށް ހާލުގައެވެ. އެގޮތުން އުމުރުން ދުވަސްވީ މީހަކު ބުނާގޮތުގައި އޭނާ ވާރޭ ވެހޭ ދުވަސް ދުވަހު ބޭރަށް ދާން ވަރަށް ރުޅި އާދެއެވެ. އެއީ އޭނާއަށް ފެންނަނީ މަރުވެފައި ތިބޭ މީހުން އޭނާއާ ދިމާލަށް ބަލަހައްޓައިގެން ތިބޭ ތަނެވެ. މިކަހަލަ އެތައް ކަމެއް އެތަނުގައި ފަހުން ވި ކަމަށް ވެއެެވެ.