ދުނިޔެ މިވަނީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައެވެ. ނަތީޖާއަކަށްވެގެން ދިޔައީ އެތަކެއް އެއްޗެއް ދުނިޔެއަށް ތައާރަފްވުމާއި އައު ހޯދުންތަށް ހޯދުމެވެ.

އެގޮތުން ދާދި ފަހުން ކޮލަރާޑޯ ސްޓޭޓް ޔުނިވާސިޓީގެ އާކިއުލޮޖިސްޓުން ވަނީ ގެއްލިފައިވާ ސިޓިއެއް ލޭޒާ ލައިޓު ބޭނުންކޮށްގެން މެކްސިކޯއިން ހޯދާފައެވެ. ސައިންސްވެރިން އަލަށް ހޯދި އެސީޓ ގެއްލިފައިވާތާ 1100 އަހަރު ވެދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. އެސިޓީއަކީ މެކްސިކޯގެ ކުރީގެ އެމްޕަޔެއްކަމަށްވާ ޕްރެޕެޗާގެ ދުވަސްވަރު ބިނާކޮށްފައިވާ ސިޓީއެއް ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

މެކްސިކޯގެ ފަރުބަދަމަތީ ސަހަރައްދުގެ ބިމުގެ އަޑިން ފެނުނު މިސިޓީއަކީ އެ ދުވަސްވަރު ހައިބަތު ހުރި މީހުން ދިރިއުޅުން ސިޓީއެއްކަން އެ ސިޓީއިން ފެނުނު ބައެއް ތަކެތިންނާއި އިމާރާތްތަކުގެ ބިންގާތަކުން ހާމަވެއެވެ. އަދި އެ ސިޓީއިން މިހާތަނަށް ފެނުނު ބިންގަލުގެ އަދަދު 40،000 ވުރެއް ގިނަ ކަމަށް ސައިންސްވެރިން ބުނެއެވެ. މީގެ އިތުރުން އެ ސިޓީގައި ރަސްކަލުން ތިބޭ ކަހަލަ ގަނޑުވަރެއްގެ ބައެއްވެސް ވަނީ ފެނިފައެވެ. އަދި އެ ސިޓީގައި ދިރިއުޅުނީ އަތްތެރިމަސައްކަތްތެރި ބައެއްކަން އެ ސިޓީއިން ފެނުން އިމާރާތްތަކުގެ ބައިތަކުން ހާމަވެއެވެ.އެއީ ގިނަ ބައިތަކުގައި ކަނޑާ ނަގާ އެކި ޑިޒައިނަށް ކުރެހުންތަކާއި ލިޔުންތަށް ލިޔެފައިވާތީއެވެ.

މި ސިޓީއަށް ސްޕްރަވްލިންގް އެންސިއެންޓް މާޔާ ސިޓީގެ ނަމުން ނަންދެވިފައިވާއިރު މި ސިޓީގެ ބޮޑު މިނުގައި 26 ކިލޯމީޓަރު ހުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު