މީގެ އެތައް މިލިއަން އަހަރެއް ކުރީން، ގްރޭޓާ އެޑްރިއާގެ ނަމުން ނަންދެވުނު ބިޔަ ބައްރެއް މެޑިޓަރޭނިއަން ކަނޑުގެ ސަރަޙައްދުގައި އޮތްކަމަށް ޤަބުލުކުރެވިފައި ވެއެވެ. ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވީ މި ބައްފރުގެ ބޮޑުމިން، ގާތްގަނޑަކަށް ގްރީންލޭންޑުހައި ބޮޑުވާނެކަމަށް ވަނީ ބެލެވިފައެވެ.

ސައިންސްވެރިން އެތައް އަހަރެއް ވަންދެން ކުރި މަސައްކަތުން މި ބައްރު ގެއްލުނީ ކިހިނެއްކަން ވަނީ ހޯދިފައެވެ. އެފްރިކާ އާއި އެންޓާޓިކާ އާއި ދެކުނު އެމެރިކާ އަދި އޮސްޓްރޭލިއާގެ އުތުރުން މެދުއިރުމައްޗާއި އޭޝިއާގެ ބައެއް ހިސާބުތަކާއި ގުޅިފައި އޮތް މި ބައްރު ވަނީ އެފްރިކާ ބައްރުން ގުޅިފައި އޮތް ހިސާބުން ވަކިވެ ޔޫރަޕާއި ދިމާލަށް މިސްރާބު ޖަހާފައެވެ. އެއަށްފަހު ގްރޭޓާ އެޑްރިއާ ފުށުއެރީ ޔޫރަޕްގެ ބައްރުގައި ކަމާއި، މި ބައްރު ވަނީ ޔޫރަޕް ބައްރުގެ އަޑިޔަށްގޮސް ގެއްލިފައި ކަން ފަހުގެ ދިރާސާތަކުން ވަނީ ހޯދައިގަނެވިފައެވެ.

ނެދަލޭންޑްސްގެ ޔޫޓްރެޗް ޔުނިވާސިޓީގެ ތަޖުރިބާކާރުން ކުރިޔަށްގެންދިޔަ ދިރާސާއިން އެނގިފައިވާ ގޮތުގައި ދުނިޔޭގެ މި ޖިއޮލޮޖިކަލް ބޮޑު ހާދިސާ ހިނގާފައިވަނި މީގެ 240 އަހަރު ކުރީން، ގްރޭޓް އެޑްރިއާ އެންމެ ބޮޑަށް ގުޅިފައި އޮތް އެފްރިކާ ބައްރުން އެ ސަރަޙައްދު ވަކިވެ މެޑިޓަރޭނިއަން ކަނޑުން ބެހިގެންދާން ފެށުމުންނެވެ. ސައިންސްވެރިން ބުނާގޮތުގައިގްރޭޓާ އެޑްރިއާ އެއަށްފަހު ދަތުރު ކުރަމުން ދިޔައީ އުތުރަށް ކަމަށާއި، ޔޫރަކާއި މި ބައްރު ފުށުއެރީ މީގެ 100 އާއި 120 މިލިއަން އަހަރު ކުރިން ކަމަށެވެ.

ގްރޭޓާ އެޑްރިއާ ޔޫރަޕުން ފުށުއެރި ހިސާބުގައި މިހާރުވެސް މިކަމަށް ހެކިދޭ ކަންކަން ހުރިއިރު، މި ހާދިސާއަށްފަހު އެ ސަރަޙައްދުގެ ބިންގަނޑު އުފުލި ފަރުބަދަތައް އުފެދިފައި ވެއެވެ. މި ފަރުބަދަތަކުގެ ތެރެއިން ނަގާފައިވާ ހިލަކޮޅުތަކުގެ ތެރޭގައި، ގްރޭޓާ އެޑްރިއާ ބައްރުގެ ހިލަކޮޅުތައްވެސް ވާކަން ވަނީ ޔަޤީން ކުރެވިފައެވެ.

ސައިންސްވެރިން ބުނާގޮތުގައި ގްރޭޓާ އެޑްރިއާ ޔޫރަޕާއި ފުށުއަރައި، އެ ބައްރުގެ އަޑިޔަށްގޮސް ގެއްލިދާން ވަނީ ދެވަރަކަށް މިލިއަން އަހަރު ނަގާފައެވެ. މި ފުށުއެރުމާއެކު ޔޫރަޕްގެ ބިންގަނޑުގެ އަޑިޔަށް ގްރޭޓާ އެޑްރިއާ ވަންނަމުން ދިޔައީ އަހަރަކު ހަތަރު ވަރަކަށް ސެންޓިމީޓަރުގެ ބާރުމިނުގައި ކަން ވަނީ ހޯދިފައެވެ. މި ބައްރުގެ ބިންގަނޑުގެ ބޯމިނުގައި ގާތްގަނޑަކަށް ސަތޭކަ ކިލޯމީޓަރު ހުރި ކަމަށް ދިރާސާވެރިން ބުނެފައި ވެއެވެ.

އެފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، ދުނިޔޭގެ ތާރީޚުގައި ހިނގި މި ބޮޑު ހާދިސާ ހިނގިއިރު ދުނިޔޭގައި އިންސާނުން ނެތެވެ. ނަމަވެސް އޭރު ބައެއް ކަހަލަ ޖަނަވާރުތައް ދުނިޔޭގައި އުޅުނުކަމުގެ ހެކިތައް ފެންނާން ހުރި ކަމަށް އެފަރާތްތަކުން ބުނެއެވެ. މީގެ އެތައް މިލިއަން އަހަރެއް ކުރީން، ދުނިޔޭގައި ގިނިހިލައަކުން ޖެހުމުގެ ސަބަބުން ހިނގައިދިޔަ ކަންތައްތަކަސްފަހު ދުނިޔެއިން ނެތިދިޔަ ސާރު (ޑައިނޮސޯ) ވެސް ގްރޭޓާ އެޑްރިއާގެ ޒަމާނުގައި އުޅުނު ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ގްރޭޓާ އެޑްރިއާއަކީ އެއް އިރެއްގައި ދުނިޔޭގައި އޮތް "ސުޕާ ކޮންޓިނެންޓް"، ގޮންޑްވާނާގެ ބައެކެވެ. ދުނިޔޭގެ އެހެން ބައްރުތަކުން ވަކިވެ ގްރޭޓާ އެޑްރިއާ "ގެއްލުނު" ގޮތުގެ މި ހާދިސާ ހިނގައިދިޔަ ގޮތް ހޯދުމަށް ދިރާސާވެރިން ދިހަ އަހަރު ހޭދަކޮށްފައި ވެއެވެ. އެއަށްފަހު އެފަރާތްތަކުން ވަނީ މި ބައްރު އެންމެ ކުރީގައި އެހެން ބައްރުތަކާއި ގުޅިފައި އޮތް ގޮތުގެ މެޕެއްވެސް ތައްޔާރުކޮށްފައެވެ. އެފަރާތްތަކުން ވަނީ މި ދިރާސާގެ ރިޕޯޓް، ދުނިޔޭގައި ހިނގާ މިފަދަ ބޮޑެތި ޖިއޮލޮޖިކަލް ހާދިސާތަކާއި ބެހޭ، "ގޮންޑްވާނާ ރީސާޗު ޖާނަލް"ގައި ޝާޢިއުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    ދުނިޔޭގެ އުމުރަކީ 3000 އަހަރުކަމަށް ހަދަ އިން އުޅޭ ނުކިޔަވާ ޖާހިލު ގުރޫޕް މިކަން ގަބޫލެ އް ނުކުރާނެ

    8
    3
    • ކޮމެންޓު

      ޖާހިލު މީހާއަށް ނޭންގެ މުސްލިމުން ނުބުނޭ ދުނިޔޭގެ އުމުރަކީ 3000 އަހަރެކޭ. ލާދީނީ މީހުން ކުރިސްޓިއަނުންނަށް ރައްދު ދޭބަސްތައް ހިފައިން ނެޓުން އެއްޗެއް ކިޔާލެވޭއިރށް މިތިބެނީ ހިތް އާސުމާނުގަ

  2. އާދަމުގެދަރި

    ސައެންސް ވެރިން ތިވާހަކަ ނުދެއްކިޔަސް ތިއީ މުސްލިމުން ދަންނަ ކަމެއް. މީގެ ސާދަސަތޭކަ އަހަރުކުރިން ބާވައިލެއްވި ފޮތުގައި ބިންގަނޑު ފަށްފަށްޖައްސަވާނެ ކަމަށް އަންގަވާފައި އެބައޮތް.

    12
    1