ސިޔާސީ މަގާމެއް ލިބުނީ ޖުމްހޫރީ ޕާޓީ (ޖޭޕީގެ) ހުރިހާ މުޒާހަރާއެއްގައި ބައިވެރިވެގެން ކަމަށް މަޝްހޫރު ފިލްމީ ތަރި އަދި، ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ ޑިރެކްޓަރު އަހުމަދު އަޒްމީލް (އަޒޭ) ވިދާޅުވެއްޖެއެވެ.

މަގާމުތަކަށް ގާބިލް ނޫން މީހުން އައްޔަން ކުރަމުން އަންނަ ކަމަށް ބުނެ މީސް މީޑިއާގައި ގިނަ ބަޔަކު އަބަދުވެސް އަންނަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން ހާއްސަކޮށް އިދާރާތަކުގެ އިސް މަގާމުތަކުގައި ތައުލީމީ ގޮތުން ދަށް ފަންތީގެ މީހުން ތިބޭ ކަމަށް ބުނެ އެމީހުންނަކީ ސިޔާސީ ޕާޓީތަކުގައި އިސްކޮށް މަސައްކަތް ކުރި ނަމަވެސް ވަޒީފާތައް ހައްގު ނޫން ބައެއް ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ތެރޭގައި ސިޔާސީ މަގާމަކަށް އައްޔަންކޮށްފައިވާ އަޒޭ ވަނީ މިގޮތަށް ފާޑު ކިޔާ މީހަކު ކުރި ޓްވީޓަކަށް ރައްދު ދެއްވާފައެވެ.

ރައްދުދެއްވާ އަޒޭ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، ތައުލީމާ އެއްވަރަށް ތަޖުރިބާއަކީ މުހިންމު އެއްޗެއް ކަމަށާއި، ތަޖުރިބާގެ ގޮތުން އޭނާ މިހާރު ހުންނެވީ ހައްގު މަގާމެއްގައި ކަމަށެވެ.

އަޒޭ ވަނީ އޭނާ މި ވަޒީފާ ހޯދުމަށް ކޮށްފައިވާ މަސައްކަތް ހިއްސާ ކުރައްވައިފައެވެ.

އެގޮތުން ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މުޒާހަރާތަކަށް ހުއްޓުމެއް ނެތި ފަހެއް ނުވަތަ ހަ އަހަރު ވަންދެއް ގޮސްފައިވާނެކަން އަޒޭ ވަނީ ފާހަގަކުރައްވައިފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މުޒާހަރާތަކުގައި ރަތްގަދަ އަވީގައި ވަރަށް ހާލުގައި އުޅެފައި ވެއެވެ. އަޒޭ އަކީ ޖުމްހޫރީ ޕާޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ އިސްސަފުގައި ހުންނަ ބޭފުޅެެވެ.

އަޒޭ ވިދާޅުވި ގޮތުގައި ހަމައެކަނި ކިޔަވައިގެން ތިބޭ މީހުންނަށް ލިބުމުގެ ބަދަލުގައި ވަޒީފާގެ ތަޖުރިބާ ހުންނަ މީހުންނަށް ވަޒީފާ ލިބުމަކީ ގޯހެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަލީ ބުނީ

    ހަހަހަހަހަ... އެހެންވީމާ ތި ނެޝަނަލް ސެންޓަފޯ ދިއާރޓްސް ގެ ޑިރެކްޓަރުގެ މަގާމުގެ ތަޖުރިބާ މުޒާހަރާ އިން ދޯ ލިބިފަ ތިއޮތީ. ހާދަ ބޮޑުވާނޭ ތިތަޖުރިބާ.

    35
  2. ޢާނަ

    ޙަމައެކަނި ދެއްކެންއޮތް އުޒުރު ކޮންވަޒީފާއެއް އަދާކޮއްގެން ލިބުންތަޖުރިބާއެއްވ
    ތިކަހަލަ މީހުން ވަޒީފާއައް ލާތީގައުމު މިހަލާކުވ

    31
  3. ނާނު

    ތިޔަހެން ވިއްޔާވަޒީފާގައިވެސް ޖެހޭނި މަގުމަތިގައި ހަޅޭއްލަވާ އައުގުރަނަ ގޮވަމުން ދުވަންތާ ! އެކަހަލަ މަގާމެއް އުފެއްދި ކަމެއް އަދި އެނގިފައެއް ނެތް. މިހިރީ މިމީހުންގެ ފެންވަރު މަގާމުގެ ކޮލިފިކޭޝަން އަކީ މަގުމަތީގައި ހަޅޭއްލެވުން. ވާހް.

    23
  4. އާސި

    ސިމެންތި ގެށުމުގަ 15 އަހަރު ހޭދަ ކޮށްފަ ހުރިހާ މުޒާހަރާ އަކަށް ދިޔައީމަ ހައުސިންގ ކޮންސްޓްކަން ގެ މިނިސްޓަރު ކަން ހަމަ ހައްގު ވާނެ...އެއީ 15 އަހަރު ދު ވަހުގެ ތަޖުރިބާ އެބަހުރިތާ...އަޒޭ ބުންޏަސް ތެދު ވާނީ ހަމަ ތެދަކަށް.

    17
  5. އިސްތިއުފާ

    ޕާޓީގެ މުޒާހަރާތަކަށް ހުއްޓުމެއް ނެތި ފަހެއް ނުވަތަ ހަ އަހަރު ވަންދެއް ގޮސް ރަތްގަދަ އަވީގައި ހުރުމުން އެލިބެނީ ވަޒީފާގެ ތަޖުރިބާތޯ؟

    22
  6. ހުސޭނުބޭ

    ކަލޭނޫނަސް އެތައްބައަކު އެބަތިބި ހުރިހައި މުޒާހަރާއަކަށް ނުކުންނަ މީހުން. އެމީހުންނަށްވެސް ތިކަހަލަ ބޮޑެތި މުސާރަ ތި އުސޫލުން ނުދެނީ ކީއްވެ

    13
  7. ގޮވެލިގޮވާމީހާ

    އެހެންވީމަ މުޒާހަރާތަކަށް މިދަނީ އަމިއްލަ އެދުމެއް އޮވެގެންތާ! ޤައުމަށް ކޮންމެހެން ހެޔޮއެދިގެނެއްނޫންކަން ތިޔަ ބުނަނީ. އެމްޑީޕީ ގެ މަގުމަތީ މީހުންވެސް ބުނަނީ ހަމަ ތިޔަހެން. ވަޒީފާ ނުލިބިއްޖެ ނަމަ ބުނަނީ ތިމަންނައަކީ މުޒާހަރާތަކުގެ ޤުރުބާންވީ މީހަކީމޭ އެކަމަކު ބަލައެއް ނުގަތޭ. ދެންކޮން ހެވެއް ޤައުމަށް އެދޭ ވާހަކަތޯ ޕާރޓީތަކުގެ މީހުން މިބުނަނީ. ހުސް އޮޅުވާލުން. ނަޝީދު އެ ކިޔަނީ ފިނޭންސް މިނިސްޓްރީން ވެސް ކޮންމެވެސް އެއްޗެއް ދެއްވުން އެދޭވާހަކަ. މިމީހުންނަށް މިޤައުގެ ބައިތުލްމާލުން ކުރާ ޚަރަދު އަދިވެސް ކުޑައީތޯ. ކޮބާތޯ ޤައުމަށް އަމިއްލަ އެދުމެއްނެތި ހެވަށް އެދިފަ. މިހާރު ގިނަމީހުންނަށް މި ވާނުވާ އެބަ އެނގޭ.

  8. ތެދެއް

    އިނގޭކުއްޖަކު ހުރިއްޔާބުނެދީބަލަ ޖޭޕީން ކިތައްމުޒާހަރާ ބޭއްވިބާ

    • އައްޔާ

      0.3

      3
      1
  9. މުޙައްމަދު

    ތަރީގެ ޖަވާބުން އެބަ އެނގޭ މަގާމުގެ ތަޖުރިބާ ހުރި މިންވަރު.

  10. Anonymous

    މަގުމަތީގައި ހަޅޭލަވާ އައުގޮރާނު ގޮވަމުން ދުވުމަކީ ވަޒީގެ ތަޖްރިބާ ލިބޭކަމެއްކަމަށް މަހީނުކުރަން ، އަދި ކިރިޔާ މިއެގުނީ އެކަން މިސޮރު ބުނީމާތާ

  11. Anonymous

    އަންނިވެސް އެހެން އުޅުއްވި ބޭފުޅެއްނު އެއީ މިހާރު ބޮޑުވަޒީރުކަން އެކުރައްވަނީ.