ޖަޕާންގެ އުމުރުން ދުވަސްވީ މީހެއްގެ ގޭގައި ވަގަށް އުޅެމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ޖަޕާނުގެ އަވަަށަކަށް ނިސްބަތްވާ އެ މީހާ އެގޭގައި އުޅެމުން ދަނީ ދެވަަނަ ބުރީގައެވެ. އުމުރުން 20 އަހަރުގެ އެ މީހާ އެގޭގައި އުޅެމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެކަމަށް އޭނާ ފުލުހުން ގާތުގައި ބުންޏެވެ.

މިކަން ފަޅާ އަރާފައި ވަނީ، އެގޭގެ ވެރިމީހާ އޭނާގެ މަންމަ ކައިރިއަށް ޒިޔާރަތް ކުރި ފަހަރެއްގައި އެގޭގައި ގިނަ ވަގުތު ހޭދަ ކުރުމުންނެވެ. އެ ގޭގައި ހޭދަ ކުރި ވަގުތުތަކުގައި އެގޭގެ ދެވަނަ ބުރިން އަޑުތަކެއް އިވޭތީ އެ ފިރިހެން މީހާ ދިޔައީ އެތަނުގައި އުޅެނީ ކޯއްޗެތޯ ބެލުމަށެވެ.

އެގޮތުން ދެވަނަ ބުރިއަަށް އެރިތަނުން އޭނާވެސް ދިޔައީ ސިއްސައިގެންނެވެ. އެތަނުގައި ނިދާފައި އޮތީ މީހެކެވެ. ވަގުތުން ތިރިއަށް ގޮސް މަންމަ ކައިރިން އިތުރު މީހަކު އެގޭގައި ގެންގުޅޭތޯ އެހިއެވެ. އޭނާ ކުރި އެ ސުވާލުން މަންމައަށްވެސް ލިބުނީ ހައިރާން ކަމެކެވެ.

އަދި ވަގުތުން އޭނާ ފުލުހަށް ގުޅިއެވެ. ފުލުހުން ގުޅައިގެން އެ މީހާ ފުލުހުންގެ ސްޓޭޝަނަށް ގެންގޮސް ސުވާލު ކުރުމުން އެގުނުގޮތުގައި، އޭނާ އެގޭގައި އުޅޭތާ އެއް އަހަރާއި ހަ މަސް ދުވަސް ވެއްޖެއެެވެ. އޭނާ އެގޭގައި އުޅެން ފެށީ ކީއްވެ ކަމެއް ނުބުނެއެވެ.

އުމުރުން ދުވަސްވީ އެ އަންހެން މީހާ ބުނީ، އޭނާގެ ގޭގައި އިތުރު މީހަކު އުޅޭ ކަމަށް އޭނާއަށް އެއްވެސް ވަރަކަށް ހީނުވާ ކަމަށެވެ.

މިހާރު އެ މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޭނަ

    އޯއެމްޖީ