ދިވެހި ފިލްމީ ފަންނާންގެ ތެރެއިން ފާހަގަ ކޮށްލެވޭ އަހްމަދު އަޒްމީލް (އަޒޭ)އަކީ ފިލްމީ ދާއިރާގައި ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިއަރަމުން އައިސް ކުރީސަފުގައި މިހާރު ފެންނަމުންދާ ފަންނާނެކެވެ. އަބަދުވެސް ހަވާލުވާ ރޯލެއް އެންމެ ފުރިހަމަ އަށް އަދާކުރަން މަސައްކަތް ކުރާ އަޒޭ އަކީ ނެށުމުގެ ދާއިރާއިން ބެލިއަސް ވަރަށް ހުނަރުވެރި ފަންނާނެކެވެ.
ޔާރާގެ ޕްރޮޑަކްޝަންތަކުން ވެސް ފެނިގެން ދިޔަ އަޒޭ ދިވެހިންގެ މެދުގައި އެންމެ ބޮޑު މަގްބޫކަމެއް ހޯދީ ވީޑިއޯލަވަތަކުންނެވެ. އެކްޓިންގެ އިތުރުން ކޮރިއޮގްރާފްކޮށް ނަށަން ދަސްކޮށްދިނުމުގައި ވެސް އަޒޭ އަކީ ފާހަގަކޮށްލެވޭ ނަމެކެވެ. ކަން މިހެން އޮތް އިރު ދާދިފަހުން އަޒޯނާގައި ބައިވެރިވެ އަޒޭ ވަނީ ފިލްމީ ދާއިރާގައި އޭނާ ހޭދަކުރި ދިގު މުއްދަތާއި އެކުވެސް އާއްމުންނަށް ނޭނގި ހުރި އެތައް ކަމެއް ހާމަކޮށްފައެވެ.
އެގޮތުން ރީތި މީހުންނަށް ނޫނީ އެ ދާއިރާ އިން ފުރުސަތު ނުލިބޭނެ ކަމަށް ދެކެވޭ ވާހަކަ އާއި އެކު އޭނާ ސިފަ އަށް ބަދަލު ގެނައިކަން އަޒޭ ވަނީ ހާމަކޮށްފައެވެ. އެ ޝޯ އާއި އެކު އޭނާ އަށް ބައެއް ފައްސި ޚިޔާލުތަކާއި ތައުރީފު ލިބުނު އިރު އެއާއި އެކު އާއްމުންގެ ފާޑުކިޔުމާއި ވެސް ކުރިމަތިވިއެވެ.
މި ދުވަސްކޮޅާއި ދިމާކޮށް އަޒޭގެ އިންސްޓަގްރާމްގައި ހިއްސާ ކުރި ފޮޓޯގައި ވަނީ ތަފާތު ކެޕްޝަން އެކެވެ. އެ ފޮޓޯގައި ބުނެފައި ވަނީ އުފަލުގައި ނޫންގޮތަކަށް އެންމެ މިނިޓެއްވެސް ބޭކާރު ނުކުރާށޭ ބުނެފައެވެ. އެ ކެޕްޝަން އާއި އެކު އަޒޭ ހިއްސާ ކުރީ ގަހެއްގެ ކައިރީގައި އޭނާ ނަގާފައިވާ ފޮޓޯއެކެވެ.
އަޒޭ ފާހަގަކުރެވެނީ ފާޑުކިޔުންތަކާއި ކުރިމަތިލާ އެ ފާޑުކިޔުންތައް ބަލައިގަނެ އަބަދުވެސް އާ ހިއްވަރަކާއި އެކު ކުރިއަށް ދާން މަސައްކަތް ކުރާ ފަންނާނެއްގެ ގޮތުގައެވެ.
View this post on Instagram
އަޒޭގެ އިންސްޓަގްރާމް ސްޓޯރީ ބަލާލުމުން މިހާރުވެސް އޭނާ ބައެއް މަސައްކަތުގައި ޝާމިލްވެ އުޅޭކަން އެނގެއެވެ. އެގޮތުން މިފަހަކުން ބައެއް ތަރިންނާއެކު އޭނާ ވަގުތު ހޭދަކުރާ މަންޒަރުގެ ފޮޓޯތައް މީސް މީޑިއާއަށް ދޫކޮށްލިއެވެ.
"އުފަލުގައި ނޫންގޮތަކަށް އެންމެ މިނިޓެއްވެސް ބޭކާރު ނުކުރާށޭ" އެހެންތޯ! ހެއްދެވި ފަރާތާއި މަރުވުމާއި ކައްވަޅުގެ ނުތަނަވަސް ކަމާއި މިއިން ކަމަކާއިމެދުވެސް ވިސްނާލާނެ ކަމެއް ނެތީތޯ!!!