ކުރީގެ ޖެންޑަރ މިިނިސްޓަރ ޝިދާތާ ޝަރީފް، ފިލްމީތަރި އަހްމަދު ޒިޔާއު (ޒިޔާ) އާއި ވަރިވާން އުޅޭ ކަމުގެ އަޑުތައް މި ވަނީ ގަދަވެފައެވެ. މި އަޑުތައް ގަދަވެފައިވާއިރު، މިދިޔަ އަހަރު ޖެނުއަރީ މަހު ޝިދާތާ އާއި ޒިޔާ އެންގޭޖްވި ފަހުންވެސް އެތައް ވާހަކައެއް ދެކެވިގެން ދިޔައެވެ. އެއިރު ޝިދާތާ ދިޔައީ މީޑިއާތަކަށް އިންޓަވިއުވެސް ދެމުންނެވެ.

އޭގެ ފަހުން ކައިވެންޏާއި ހަމައަށްވެސް ޝިދާތާ ބަރާބަރަށް މީޑިއާތަކުން ގުޅާލުމުން ޖަވާބުދެއްވައެވެ. އަދި އިންޓަވިއުތަކަށްވެސް ވަގުތު ދެއްވިއެވެ.

ކައިވެންޏަށް ފަހުވެސް ޝިދާތާ މީޑިއާތަކާއި ވަރަށް ރަހުމަތްތެރިއެވެ.

އެކަމަކު ވަރިއާ ހިސާބަށް ކަންކަން ދިޔަ ކަމަށް އަޑުފެތުރުނު ހިސާބުން ޝިދާތާ ފޯނަށް ޖަވާބެއް ނުދެއްވައެވެ. މެސެޖްތަކަށް ރިޕްލައި ނުކުރެއެވެ.

ޝިދާތާ އާއި ޒިޔާގެ ކައިވެނި ނިމުމަކަށް ގެނައުމަށް އިސް ނެގީ ޝިދާތާ ކަމަށް މީޑިއާ ތަކުން ރިޕޯޓް ކުރުމުން، އެކަމަށް ބަހެއް ހޯދުމަށް އިއްޔެވެސް ޝިދާތާއަށް ގުޅިއެވެ. ނަމަވެސް ފޯނަށް ޖަވާބެއް ނުދައްވައެވެ.

އޮންލައިން ނޫސް"ދުވަސް"އިން އިއްުޔެ ރިޕޯޓްކޮށްފައިވާގޮތުގައި ޝިދާތާ ޒިޔާ ކައިރިން ވަރިވާން ވެގެން އަމިއްލައަށް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

މި ވާހަކަތައް ދެކެވުމާއެކު ޒިޔާ މީޑިއާތަަކަށް މައުލޫމާތު ދިނެވެ.

"ދެން"ނޫހަށް ޒިޔާ ބުނީ އެއީ އޭނާ ގަބޫލު ކުރާ ހަބަރެއް ނޫން ކަމަށެވެ.

"އަޅުގަނޑާއި ޝިދާތާ އެއްވެސް މައްސަލައެއް ނުޖެހޭ. އަޅުގަނޑުމެންގެ ކައިވެންޏެއް ނުރޫޅޭ. އިނދެގެން މިއުޅެނީ އަދިވެސް" ޒިޔާ އެ ނޫހަށް ބުންޏެވެ.

ޝިދާތާ އާއި ޒިޔާގެ ކައިވެންޏަށް އަދި ވާނީ ހަތަރު މަހެވެ. އެ މީހުން ކައިވެނިކޮށްފައި ވަނީވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މާ ގިނަ ދުވަސް ނުވަނީހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ޒިޔާ! ކައިވެނި ރޫޅުނު ވާހަކައެއް ނުދައްކައޭ. ކައިވެނި ރޫޅެންއުޅޭ ވާހަކައޭ ދައްކަނީ.

    10
  2. ށިދޫގެ އިނތިޒާރުގަ

    އަވަހައް ވަރިވެގެން މަށައް އަންގާލާ މަ މިހިރީ ށިދޫ ނުލިބިގެން ވަރަށް ދެރަވެފަ މަށައް އެންމެ ރަނގަޅު މަށާ އިނދެގެން ދެމީހުން އަތުގަ ހިފާލައިގެން މަޖީދީމަގުން ދެކޮޅައް ކޮންމެދުވަހަކުވެސް ހިނގާލެވުމުން މަވަރައް އުފާ