އިންޑިއާގައި ހިނގާދިޔަ ކައިވެނީގެ ހަފްލާއެއްގެ ތެރެއިން މަންމައަކު އޭނާގެ ދަރިފުޅުގެ ގައިގައި ފައިވާނުން ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެއްޖެއެވެ.

ޓައިމްސް ނައުގެ ރިޕޯޓްތައް ބުނާގޮތުގައި، އެތައް ބަޔަކަށް ސިހުމެއް ލިބުނު އެ ވީޑިއޯއަކީ އުއްތަރް ޕްރަދޭޝްގެ ހަމިރްޕޫރް ޑިސްޓްރިކްޓްގެ ބަރުވާ ސުމެރްޕޫރް ވިލޭޖްގައި ހިނގާދިޔަ ހާދިސާއެއްގެ ވީޑިއޯއެވެ.

އެ ވީޑިއޯގައި ފެނިގެން ދަނީ ދެމަފިރިން، ކައިވެނީގެ ހަފްލާއަށް ސްޓޭޖް މަތީގައި އިށީންދެގެން އިންނަ ތަނެވެ. އަދި ކުއްލިއަކަށް އަންހެނަކު އެ ސްޓޭޖް މައްޗަށް އަރާ މަންޒަރު ފެނެއެވެ. އޭނާ އެތަނުގެ މައްޗަށް އަރަނީ ވީޑިއޯ ކުރަން ތިބި މީހުންވެސް ދުރަށް ޖައްސަމުންނެވެ. އޭނާ އެތަނަށް އަރާ، އަރައިގެން ހުރި ފައިވާން ނަގައި ގެސްޓުން ކުރިމަތީގައި އެ ފިރިހެން މީހާގެ ގައިގައި ތަޅާ މަންޒަރު އެ ވީޑިއޯއިން ފެނިގެން ދެއެެވެ.

އަދި އެ ސަރަަހައްދުގައި ތިބި ގެސްޓުން އެތަން ދޫކޮށް ދާ މަންޒަރު ފެނިގެން ދެއެވެ. އަދި ފަހުން އެ އަންހެން މީހާ އެތަނުން ދުރަށް ޖައްސަން ބަޔަކު މަސައްކަތް ކުރަމުންދާ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ.

މިިކަން ހިނގާފައި ވަނީ އާއިލާއާ ދެކޮޅަށް ކޯޓުގައި ކައިވެނި ކުރި ކަމަށް ބުނެެވެ.

އަދި އެ ހަފްލާއަކީ އަންހެން މީހާގެ އާއިލާއިން ބޭއްވި ހަފްލާއެއްކަމަށް ވެއެވެ. އަދި އެކަން ކުރީ ފިރިހެން މީހާގެ އާއިލާގެ އެއްވެސް މީހަކަށް ނާންގާ ކަމަށްވެސްް ވެއެވެ. އެހެންވެ އެ އަންހެން މީހާ އެ ކައިވެނީގެ ހަފްލާއަށް ދިޔައީ ކަމަށްވެސް ވެއެވެ.