އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ އަބަދުވެސް މީހުންގެ ސަމާލުކަން ހޯދަން ތަފާތު ވާހަކަ ދައްކާ މީހެކެވެ. އެންމެ ފަހުން ޓްރަމްޕް މިވަނީ އޭނާގެ އެންމެ ހަގު ދަރިފުޅު ބެރޮން އިސްކޮޅުން ދިގުކަން ފާހަގަކޮށް އެކަމާއި ފަހުރުވެރިވާކަން ވެސް ހާމަކޮށްފައެވެ.

އުމުރުން 15 އަހަރުގެ ބެރޮންގެ އިސްކޮޅުގައި 6 ފޫޓް 7 އިންޗި މިހާރު ވެސް އެބަހުއްޓެވެ. ބެރޮން އޭނާގެ މަންމަ ކުރީގެ ފަސްޓްލޭޑީ މެލާނިއާ އާއިއެކު މިއަދު ޓްރަމްޕް ޓަވަރުން ނިކުތް މަންޒަރު ނޫސްވެރިންނަށް ފެނިފައި ވެއެވެ. މަންމަގެ އަތްދަބަހުގައި ހިފަހައްޓައިގެން ބެރޮން ހުރިއިރު އޭނާގެ މަންމަ ވެސް އަރަނީ ބެރޮންގެ ކޮނޑާއި ހަމައަށެވެ.

ބެރޮން ޓްރަމްޕް ޓަވަރުން ނިކުތް އިރު އަތުގައި އޮތް ދަބަހަކީ ލުއިސް ވުއިޓޮން އެކްސް ރިޗާޑް ޕްރިންސްގެ ދަބަހެކެވެ. 2008 ވަނަ އަހަރު ބާޒާރަށް ނެރުނު އެދަބަހުގެ އަގު 3995 އެމެރިކާ ޑޮލަރަށް އަރައެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 60000 ރުފިޔާ އެވެ.

އިސްކޮޅުގައި 6 ފޫޓް 3 އިންޗި ހުންނަ ޓްރަމްޕް މިދިޔަ ހަފްތާގައި ކެލިފޯނިއާގައި ބޭއްވި އިވެންޓެއްގައި ވަނީ ބެރޮން އިސްކޮޅުން ދިގުވަމުން އަންނަކަން ފާހަގަކޮށް އެކަމާއި ފަހުރުވެރިވެ ވާހަކަ ދައްކާފައެވެ. "ބެރޮންގެ އިސްކޮޅުގައި މިހާރު އެބަހުރި 6 ފޫޓް 7 އިންޗި، ކަލޭމެންނަށް އެކަން ގަބޫލު ކުރެވޭތަ؟ އަދި އޭނާގެ އުމުރުންވީ އެންމެ 15 އަހަރު." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕްގެ އާއިލާ މެންބަރުންގެ ތެރެއިން މީގެ ކުރިން އެންމެ އިސްކޮޅުން ދިގީ ޓްރަމްޕްގެ އެންމެ ދޮށީ ދަރިފުޅު އެރިކް އެވެ. އެރިކްގެ އިސްކޮޅުގައި ހުންނަނީ 6 ފޫޓް 6 އިންޗިއެވެ.

އެމެރިކާ މީހުންނަކީ އާއްމުކޮށް އިސްކޮޅުން ދިގު ބައެކެވެ. ނަމަވެސް އެމެރިކާ ފިރިހެނުންގެ އެވްރެޖް އިސްކޮޅެއް ކަމަށް ސީޑީސީ އިން ބުނަނީ 5 ފޫޓް 9 އިންޗިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބުރުގާ

  ދެން ރާއްޖޭގަ އުޅޭ ދިވެހި ޔަހޫދީންތައް ތިކަމާ ހަސަދަވެރިވެގަނެގެން އުޅޭނެ.

  9
  4
 2. އަރީ

  ކިތަންމެ ފަހުރު ވެރިވިޔަސް އޭނަ ނުޖަހާ ޓުރަމްޕު ވައްތަރެއް. ބަފާ ކަށަވަރުބާ؟ ޓުރަމްޕަކީ ދިގުމީހެއްނޫން ގައިމު

  6
  6
  • ހޫ

   ދުވަސްވީމައެ. ޓްރަމްޕް ޅައިރުގެ ފޮޓޯ ބަލާބަލަ.