މިއީ ތަފާތު އާއިލާއެކެވެ. އިންޑިއާގެ ބެންގަލޫރްގެ ރިއަލް އެސްޓޭޓް އެޖެންޓެއް ކަމަށްވާ ސެވެން ރާޖްއަކީ ރަތާއި ހުދަށް ވަރަށް ބޮޑަށް ލޯބިކުރާ މީހެކެވެ. އެހެންވެ އޭނާގެ މުޅި ގެއާއި ލާ ހެދުމާއި އެ ނޫން ވެސް އެއްޗެހި ހުންނަނީ ރަތާއި ހުދުންނެވެ. މިކަން އޭނާގެ އާއިލާއިންވެސް ދަމަހައްޓަމުން ދެއެވެ.

ބެންގަލޫރްއަށް އުފަން ސެވެންރާޖްއަށް އެ ނަން ދީފައި ވަނީ އޭނާއަކީ އެ އާއިލާގެ ހަތް ވަނަ މެންބަރުކަމަށް ވުމުންނެެވެ. މިއާއެކު އޭނާ ހަތް ވަނަ ނަމްބަރަށް ވެސް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުރެއެވެ.

އޭނާ ރަތާއި ހުދު ދެކެ އެހާ ބޮޑަށް ޝައުގުވެރިވަނީ ވެސް އޭނާގެ ކުންފުންޏާއި ގުޅުވައިފައެވެ. އަދި އޭނާއަށް ހަތް ވަނަ ނަމްބަރު އެހާ ކަމުދަނީ އޭނާގެ ނަމާ ގުޅުވާފައެވެ. އަދި އެއަށް އޮންނަ ޝައުގެއްގެ ބޮޑުކަމުން އޭނާ ވަނީ ހަތް ބަހަކުން ވާހަކަދައްކަން ވެސް ދަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު