ހިކެން މަސައްކަތް ކުރުމަކީ ގިނަ މީހުންނަށް އުނދަގޫ ކަމެކެވެ. ޚާއްސަކޮށް ވަކި އުމުރަކަށް ދިއުމަށް ފަހު ބަރުދަން ލުއިކުރަން ބޭނުން ނަމަ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހެއެވެ. ނަމަވެސް އެ އަމާޒާ ހިސާބަށް ދިއުމަށް ކޮންމެވެސް މަސައްކަތެއް ކުރަން ޖެހޭނެއެވެ. އިންޑިއާ އަށް އުފަން އަނުޕަމާ މެނޮންގެ ކްލައިންޓް ސުނީތާ ބަތީޖާ ވަނީ އޭނާގެ ހިކުމަށް ކުރި މަސައްކަތް ކިޔައި ދީފައެވެ.

ގިނަ ބަޔަކަށް އޭނާގެ ވާހަކަތައްވީ ހައިރާން ކުރުވަނިވި ވާހަކަތަކަކަށެވެ.

ސުނީތާ އަކީ މައިބަދައިގެ މައްސަލަ އެއް ހުރެގެން ކުރިން އެނދުމަތިކޮށްފައިވާ މީހެކެވެ. އަދި ކުޑަކަމުދާ ނިޒާމްގެ ސީރިއަސް މައްސަލަތަކެއް ވެސް އޭނާ އަށް ދިމާވިއެވެ. އަދި ހަޖަމް ކުރުމުގެ ނިޒާމްގެ މައްސަލަތަކާއި ޑިޕްރެޝަންއާ އޭނާ އަށް ކުރިމަތިވިއެވެ. އޭނާ ރަނގަޅުވަމުން އައި އިރު އެންމެ ބޮޑަށް ބޭނުންވީ ބަލިވުމުގެ ސަބަބުން އިތުރުވި ބަރުދަން ލުއިކޮށްލާށެވެ.

އޭނާ ވަނީ ދޮޅު އަހަރު ތެރޭގައި 41 ކިލޯ ހިއްކާލައިފައެވެ. އޭނާ ހިކުނު ގޮތުން އެތައް ބަޔަކު ތިބީ ހައިރާންވެފައެވެ. ހަފްތާއަކު ތިން ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ވަންދެން އޭނާ ކަސްރަތު ކުރެއެވެ. ނަމަވެސް ގިނަ ބަޔަކު ހައިރާން ކޮށްލި ކަމަކީ އޭނާގެ ކެއުމުގެ އާދައެވެ. އޭނާ ހިކުނީ ފަތާއި ތަރުކާރީ އެކަނި ކައިގެން ނޫނެވެ. ނޫނީ ހުސް ޕްރޮޓީންސް ކައިގެން ނޫނެވެ. އޭނާ ހިކުނު އިރު މައިގަނޑު ކެއުމަކީ ބަތެވެ.

ސުނީތާ ބުނީ ހިކެން އެންމެ މުހިންމު ކަމަކީ ވަކި އާދަތަކެއް މަތީގައި ދެމިހުރުން ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ހިކުމަކީ ޖާދޫގެ ބޭހަކުން އެއް ދުވަހުން ނޫނީ ހަފްތާއަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ބަތް ކައިގެން ހިކުމާ މެދު ސުނީތާ ބުނީ ކޮންމެ މީހަކާ ވެސް ގުޅޭ ކާނާ ހުންނާނެ ކަމަށެވެ. އެއީ އެ މީހެއްގެ ހަޖަމް ކުރުމުގެ ނިޒާމަށް ރަނގަޅު ކާނާ އަށް ވާން ޖެހޭ ކަމަށް އޭނާ ބުންޏެވެ. ސުނީތާ ހިކުނީ ބަތް އެކަނި މައިގަނޑު ކާނާ އަކަށް ކައިގެން ކަމަށް ވާއިރު ޗީޓް ޑޭގައި އޭނާ ކެއީ ތައްޔާރީ ކާނާއެވެ. ބަތާއެކު ތަރުކާރީ އާއި މޭވާ ކަހަލަ އެއްޗެހި ބޭނުން ކުރި ނަމަވެސް އޭނާ މާބޮޑު ޑައިޓެއް ނުކުރާ ކަމަށް ސުނީތާ ބުންޏެވެ.

ކަސްރަތު ކުރުމާއި ކާ މިންވަރު ކޮންޓްރޯލް ކުރުމުނއ ފަސޭހައިން ހިކޭނެ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ީމަަސޮމެުހދުޖުކ

    👌👍👍👍👍

  2. ހުސޭނުބޭ

    މިކޮޔަށް އަދި ރޭބަތުގެ ޖާދޫ ނޭގެނީ
    ދެތިން ހަފްތާވަންދެން ރޭބަތް ކާފިނަމަ ތިއަށްވުރެ ލޫޅާފަތިވެ ހީވާނީ ފީފާބުރިއެއްހެން