ބޮލީވުޑްގެ ސްޕަ ސްޓާ ސަލްމާން ޚާންގެ ސީކުއަލް ފިލްމު ޓައިގާގެ ތިން ވަނަ ބައިގެ ވިލަން ރޯލު ކުޅުމަށް ހަމަޖެހިފައިވާ އެކްޓަރު އިމްރާން ހަޝްމީގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް ބެލުންތެރިން ހައިރާންކޮށްލައިފިއެވެ.

އަންނަ މަހު ''ޓައިގަރ 3'' ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނިކޮށް އިމްރާންގެ ހަށިގަނޑަށް ގެނެސްފައިވާ ބަދަލު ދައްކުވައިދޭ ފޮޮޓޯއެއް ޓުވިޓާގައި ވަނީ ހިއްސާކޮށްފައެވެ.

މިއީ ހަމައެކަނި ފެށުން ކަމުގައި ބުނެ ކުރި މި ޕޯސްޓުގައިވާ ފޮޓޯއަކީ ޖިމްގައި ހުރެ ނަގާފައިވާ ފޮޓޯއެކެވެ.

އިމްރާންގެ ހަށިގަނޑަށް ގެނެސްފައިވާ މި ބަދަލާއެކު ފިލުމު ''ޓައިގަރ 3'' އަށް އޭނާ ކުރާ ބުރަ މަސައްކަތް ދޭހަކޮށްދެއެވެ. އިމްރާންގެ މި ޕޯސްޓާ އެކު އޭނާގެ ގިނަ ސަޕޯޓަރުންނެއް ވަނީ މި ބުރަ މަސައްކަތަަށް ތައުރީފުކޮށް އޭނާއަށް ހިތްވަރު ދީފައެވެ.

އެތައް ބަޔަކު ލައިކް ދީފައިވާ މި ޕޯސްޓަށް އެހާމެ ގިނަ ކޮމެންޓް ވެސް ލިބިފައިވެއެވެ. މިއީ ''ޓައިގަރ 3'' ގެ ތައްޔާރީތައް ކަމުގައިވާ ނަމަ ފިލުމު ވަރަށް ރީތި ވާނެ ކަމަށް އެއްބަޔަކު ކޮމެންޓުގައި ލިޔެފައިވާ އިރު އަނެއް ބަޔަކު ބުނެފައިވަނީ މި ފިލުމަށް އިމްރާން ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި ސަލްމާން ޚާނާއެކު ފުރަތަމަ ފަހަރަށް އިމްރާން ފެނުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.

''ޖަންނަތު''، ''މާޑަރ''، ''މާޑަރ 2'' ފަދަ ފިލުމުތަކުން ފެނިފައިވާ އިމްރާން ފެނިގެންދާނެ ތަފާތު ފިލުމަކަށް ''ޓައިގަރ 3'' ވެގެންދާނެއެވެ.

މި ފިލުމުގެ ލީޑު ރޯލުން ސަލްމާން ޚާނާއި އިމްރާން ޚަޝްމީއާއި އެކު ފެނިގެންދާނީ ކެތުރީނާ ކައިފްއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔުންތެރިޔާ

    ތީ އެނޫނަސް ވަރަށް ގަދަ މީހެއް.