ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދަން ތަފާތު ކަންކަން ކުރާ މީހުން ތިބެއެވެ. ބައެއް މީހުން އެތައް އަހަރު ދުވަހެއް މި ގޮތަށް ރެކޯޑް ހެދުމަށް ހޭދަކުރެއެވެ. އަނެއް ބައި މީހުން އެތައް ދުވަހެއް ވަންދެން ނުނިދާ ވެސް ބައެއް ރެކޯޑްތައް ހަދަން މަސައްކަތްކޮށްފައި އެބަހުއްޓެވެ.

ރިކޯޑް ފޮތުން ޖާގަ ހޯދަން ކުރާ މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ކާބޯތަކެއްޗާ ގުޅުން ހުރި ރިކޯޑްތަކެވެ. ސަބަބަކީ މީސްމީޑީއާގައި މިފަދަ ވީޑިއޯތަކަށް ލިބޭ ސަމާލު ކަމެވެ. އިންޑިއާގެ ޔޫޓިއުބް ތަރިންތަކެއް އުފެއްދި ކާއެއްޗަކަށް މިވަނީ މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައެވެ. އެއީ 25 ކިލޯގެ ބޮޑު ލޮލީޕޮޕެކެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ލޮލީޕޮޕްގެ ލަގަބު މިވަގުތު ހޯދާފައިވާ ލޮލީޕޮޕްވެސްމެއެވެ.

މިއީ ފީރޯޒް ޗުއްޓީޕަރާ ކިޔާ މީހަކާއި އޭނާގެ ބައިވެރިޔާގެ އުފެއްދުމެކެވެ. މި އުފެއްދުމާ ގުޅޭ ނުވަ މިނިޓްގެ ވީޑިއޯއެއް އެ މީހުން ވަނީ ޔޫޓިއުބަށް ލާފައެވެ. އެ މީހުން މި ލޮލީޕޮޕް ހަދާފައި ވަނީ ގިނަ އަދަދެއްގެ ހަކުރު ކައްކާ އޮލަކޮށް، އެއަށް ކުލަ އަޅައިގެންނެވެ. އެއަށް ފަހު ބޮޑު ޖާޑި އެއް ކަހަލަ އެއްޗަކަށް އަޅާ ހަރުކުރަން ބަހައްޓާ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ. އެ ވަށި ތަޅާލުމަށް ފަހު ލޮލީޕޮޕް ނަގާފައި ވަނީ 12 ގަޑިއިރު ފަހުންނެވެ.

ވަށްޓަކަށް އެ އަޅާފައި ބެހެއްޓީ ލޮލީޕޮޕްގެ ވަށް ސިފަ އެއަށް ގެނައުމަށްޓަކައެވެ. އެ ލޮލީޕޮޕްގައި އެކި ކުލަތައް ހިމެނެއެވެ. އެ ވީޑިއޯ އަށް ވަނީ މިލިއަނެއްހާ ވިއުސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    މީތި ޑރ އިޔާޒުއަށް ދޭންފެނޭ.

    2
    1