ފުލުހަކަށް ހިލޭ ތަރުކާރީ ނުދިން މައްސަައެއްގައި ކުޑަކުއްޖަކަށް ތިން މަހަށް ޖަލަށް ލައިފިއެވެ. މި މައްސަލާގައި ޖަލަށްލާފައި ވަނީ އުމުރުން އެންމެ 14 އަހަރުގެ އިންޑިއާގެ އަވަށަކަށް ނިސްބަތްވާ ކުއްޖެކެވެ. އެ ކުއްޖާގެ އާއިލާއަކީ ތަރުކާރީ ފަދަ ތަކެތި ވިއްކައިގެން ދިރިއުޅެމުން އަންނަ ބައެކެވެ.

އެ ކުއްޖާގެ ބައްޕަ ބުނީ، އާދަރް ކާޑުގައި އެ ކުއްޖާގެ އުމުރަކީ 14 އަހަރުކަން ބަޔާންކޮށްފައިވީނަމަވެސް، ފުލުހުން ބުނަމުން ދަނީ އެ ކުއްޖާއަކީ 18 އަހަރު ފުރިފައިވާ ކުއްޖެއް ކަމަށެވެ. ފުލުހުން ބުނީ އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ ބައިސްކަލް ވަގަށް ނެގި މައްސަލައެއްގައި ކަމަށެވެ. އެހެން ނަމަވެސް އެ ކުއްޖާ އެކަން ދޮގު ކުރެއެވެ.

އެ ކުއްޖާ އޭނާގެ މައިންބަފައިން ކައިރީގައި ބުނީ، އޭނާ ހައްޔަރުކޮށްފަައި ވަނީ ފުލުހަކަށް ހިލޭ ތަރުކާރީ ނުދިނުމުން ކަމަށެވެ.

އެ ކުއްޖާއާއެކު އެ ޖަލުގައި ހައްޔަރުކޮށްފައި ތިބި ދެން ތިބި ކުދިންނަކީ ބައިސްކަލް ވަގަށް ނެގި މައްސަލާގައި ހައްޔަރުކޮށްފައިވާ ބައެކެވެ. އެ ކުދިންނަކަށް މި ފިރިހެން ކުއްޖާއެއް ނޭގެއެވެ.

އޭނާގެ މައިންބަފައިން ބުނިގޮތުގައި، ފުލުހުން އޭނާގެ ދަރިފުޅުގެ ގައިގާ ވަރަށް ތަޅާ ހަދައެެވެ. މިގޮތަށް ތަޅާ ހަދަނީ އެއްޗެއްގައި ސޮއިކުރުމަށް މަޖުބޫރު ކުރަމުންނެެވެ. އަދި ސޮއި ކުރަން ފުލުހުން އެދެމުން ދަނީ ހުސްގަނޑެއްގައިކަމަށްވެސް އެ ކުއްޖާ ބުންޏެވެ.

ފުލުހުންގެ އިސްވެރިއަކު ބުނީ، މި މައްސަލަ ބަލަމުން އަންނަކަމަށާއި، ބަލާފައި އެކަަމުގައި ފުލުހުންގެ އިހުމާލެއް ވަނަމަ އެ ފުލުހަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު