ސޮނީ ޕިކްޗަ އެންޓަޓެއިންމެންޓް އާއި މާވެލް ސްޓޫޑިއޯސް ގުޅިގެން ސްޕައިޑަމޭންގެ އާ ފިލްމެއް ނެރެން ތައްޔާރުވެއްޖެއެވެ. މި އަހަރުގެ ޖުލައި 16 ވަނަ ދުވަހު ފުރަތަމަ ނެރުމަށް ނިންމި މި ފިލްމު މިއަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހަށް ވަނީ ފަސްކޮށްފައެވެ.

ފަހުގެ ސްޕައިޑަމެން ކެރެކްޓާއެއްގެ ގޮތުގައި ޓޮމް ހޯލޭންޑް ފެނިގެންދާ އިރު މި އަހަރު ނެރޭ ފިލްމުގައި ކުރީގެ ފިލްމުތަކުން ފެނިގެންގޮސްފައިވާ ބައެއް ކެރެކްޓާސްތައްވެސް ފެންނާނެ ކަމަށް ބެލެވެއެވެ.

ކުރީގެ ފިލްމުތަކުން ފެނިގެންދާ ކެރެކްޓާސްތަކުގެ ތެރެއިން މި އަހަރު ނެރޭ ސްޕައިޑަމެން ފިލްމުން ފެންނާނެ ބައެއް ތަރިންގެ ތެރޭގައި އިލެކްޓްރޯ(ޖޭމީ ފޮކްސް)، ޑރ. އޮކްޓޯވިޔަސް(އަލްފްރެޑް މޮލީނާ) ހިމެނެއެވެ.

މީގެ ކުރިން މާވެލް ސިނަމެޓިކް ޔުނިވާސް(އެމްސީޔޫ) އިން ނެރެފައިވާ ދެ ފިލްމަކީ 2017 ވަނަ އަހަރު ނެރެނު ސްޕައިޑަމެން: ހޮމްކަމިން އާއި 2019 ވަނަ އަހަރު ނެރުނު ސްޕައިޑަމެން: ފާ ފްރޮމް ހޯމްއެވެ.

ސްޕައިޑަމެންގެ ތިންވަނަ ފިލްމުގައި ފެނިގެންދާނެ ތަރިން:

ޓޮމް ހޮލެންޑް- ޕީޓާ ޕާލާ/ސްޕައިޑަމެން

ޒެންޑަޔާ- އެމްޖޭ: ޕާކާގެ ލޯބިވެރިޔާ

ޖޭ ބީސްމޫވް- ޖޫލިއަސް ޑެލް: ޕާކާގެ ކްލާސް ޓީޗަރު

ޖާކޮބް ބެޓަލޮން- ނެޑް ލީޑްސް: ޕާކާސްގެ އެންމެ ގާތް އެކުވެރިޔާ

މެރިސާ ޓޮމެއި- މެއި ޕާކާ: ޕާކާގެ ބޮޑުދައިތަ

މީގެ ކުރިން ނެރުނު ސްޕައިޑަމެންގެ ފިލްމުތަކަށް ލިބުނުވަރުގެ ތަރުހީބެއް މި ފިލްމަށްވެސް ލިބޭނެ ކަމަށް ބެލެވެއެވެ. މި ފިލްމަކީ ސޮނީ އާއި ހޮލެންޑް އާއި ހަދާފައިވާ އެއްބަސްވުމުގެ އެންމެ ފަހުގެ ފިލްމެވެ. ހޮލެންޑް ބުނީ އޭނާ އަށް އިތުރު ފުރުސަތު ލިބިއްޖެ ނަމަ އިތުރަށްވެސް ފިލްމު ކުޅުމުގައި އުޅޭނެ ކަމަށެވެ.