ފެޝަނުގެ ދާއިރާ އިން ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރަކު ފިރިހެނުންގެ ބައްޓަން ރީތިކުރުމަށް ހާއްސަ އުފެއްދުމެއް އުފައްދައިފިއެވެ.

އޭނާ އުފައްދާފައި ވަނީ ފިރިހެނުންނަށްް ހާއްސަ ކޯސެޓެކެވެ. ކޯސެޓަކީ އެންމެ ކުރީޒަމާނުއްސުރެ ހުޅަނގުގެ އަންހެނުން އެމީހުންގެ ބައްޓަން ރީތިކޮށް ހަށިގަނޑުގައި ހުންނަ އުނިކަން ފޮރުވުމަށް ލާ އުޅޭ އެއްޗެކެވެ. މިއީ މިހާތަނަށް ފިރިހެނުންނަށް ހާއްސަކޮށް އުފައްދާފައިވާ އަންނައުނެއް ނޫނެވެ.

ނޮތިންހަމް ޓްރެންޓް ޔުނިވަސިޓީގައި ކިޔަވަމުން އަންނަ ޒެނެކް ލަސްކް ނަމަކަށް ކިޔާ އުމުރުން 22 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ފިރިހެނުންނަށް ހާއްސަ ކޯސެޓެއް އުފައްދައިފައެވެ. އޭނާ ބުނެފައިިވާ ގޮތުގައި މި ކޯސެޓް އުފެއްދުމުގެ ބޭނުމަކީީ އަންހެނުންގެ ޕެއަރ ބައްޓަން ރީތިވާ އުސޫލުން ފިރިހެނުންގެ "ވީ" ބައްޓަން ހޯދުމަށް ގިނަ ބަޔަކު މަސައްކަތް ކުރާތީ ކަމަށެވެ. މި އުފެއްދުމުގެ އެހީގައި ފިރިހެން މީހާގެ ބައިމަތި ފުޅާކޮށް ބެހެއްޓުމަށް އަދި އުނަގަނޑުމަތި ހިމަކޮށް ބެހެއްޓުމަށް އެހީވެދެއެވެ. މިއީ ޖިމްތަަކަށް ގޮސްގެންވެސް ފިރިހެނުން ހޯދުމަށް އެންމެ ގަދައަޅާ މަސައްކަތްކުރާ ބައްޓަމެވެ.

ޒެނެކް ބުނެފައިވާ ގޮތުގައި މިިބާވަތުގެ އަންނައުނު ލުމަށް ފިރިހެނުން ލަދުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މިއީ ހަށިގަނޑަށް ފަސޭހަ އަންނައުނެއްް ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    އަންހެން ދުޅާއަށް ހެދުން އަޅައި އަންހެންދުޅާއަށް ހުރުމަކީ ފިރިހެނުންގެ ބައްޓަން ރީތިވުންކަމަށްވާނަމަ އަންހެނުންވެސް ފިރިހެނުން ގޮތަށް ތިބޭނަމަ ދެން ބުނާނެ އެއްޗެއްނެތެވެ.

    1
    1