ޓިކްޓޮކް އަކީ ދިވެހިންގެ ތެރޭގައި މަގްބޫލު އެޕްލިކޭޝަނަކެވެ. ގިނަ ބަޔަކު މި އެޕްލިކޭޝަން ބޭނުންކުރަމުން ދާއިރު، މީގެ ތެރޭގައި އެކި ކަހަލަ ކޮންޓެންޓް ވީޑިއޯ ހަދައި އަޕްލޯޑް ކުރާ މީހުން އުޅެއެވެ. އޭގެ ތެރޭގައި ބައެއް އެކައުންޓްތަކުން ވީޑިއޯ ޕޯސްޓް ކުރާއިރު، މުސްލިމް މި މުޖްތަމައުގެ އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ވީޑިއޯ ވެސް ދަނީ ޕޯސްޓް ކުރަމުންނެވެ.

"މޯލްޑިވިއަން ކްރިސްޓިއަން" ގެ ނަމުގައި ޓިކްޓޮކް އެކައުންޓެއް ހަދައި، ކްރިސްޓިއަން ދީން ފެތުރުމުގެ ގޮތުން ވީޑިއޯ ޕޯސްޓް ކުރަމުންދާ އެކައުންޓެއް ވަނީ ފާހަގަ ކުރެވިފައެވެ. މި އެކައުންޓުން ޕޯސްޓް ކޮށްފައިވާ ވީޑިއޯތަކުގެ ތެރޭގައި އީސާގެފާނާއި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި އަޅައި ކިޔައި، ކްރިސްޓިއަން ދީނަށް މީހުން އަހުލުވެރިކުރުވުމެގެ މަސައްކަތް އެމީހުންގެ ޓިކްޓޮކް ވީޑިއޯތައް މެދުުވެރިކޮށް ދަނީ ކުރަމުންނެެވެ.

މި އެކައުންޓަށް މިހާތަނަށް 24 ފޮލޯ ކޮށްފައިވާ އިރު، އޭގެ ތެރޭގައި ދިވެހިން ހިމެނެއެވެ. އެކައުންޓުން ތިން ވީޑިއޯ ފެންނަން ހުރި އިރު އޭގެ ތެރެއިން އެއް ވީޑިއޯ 10،000 އަށް ވުރެ ގިނައިން މީހުން ބަލާފައިވެއެވެ.

އޭގެ އިތުރުން ދިވެހިންގެ ތެރޭގައި އެއްޖިންސުން ގުޅުުން ހިންގުމަށް ހިތްވަރުދީ އެފަދަ އަމަލުތައްކޮށް ރާއްޖޭގައި ފައިސާ ހޯދަން ފަސޭހަވާނެ ކަމަށް ބުނެ، އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ އެކައުންޓެއް ހިމެނެއެވެ. މި އެކައުންޓުގައި ޕޯސްޓް ކޮށްފައިވާ ވީޑިއޯތަކުގައި ވާހަކަ ދައްކާފައި ހުންނަނީ ދިވެހި ބަހުންކަން ފާހަގަ ކޮށްލެވެއެވެ.

"ޕްރައިޑް ދިވެހިން"ގެ ނަމުގައި ހިންގަމުން އަންނަ މި އެކައުންޓް މިހާތަނަށް ފޮލޯ ކޮށްފައިވަނީ 15 މީހުންނެވެ. އަދި އެކައުންޓުން ހަތަރު ވީޑިއޯ ފެންނަން ހުރި އިރު، އޭގެ ތެރެއިން ބައެއް ވީޑިއޯތައް 2000 އަށް ވުރެ ގިނަ ފަހަރު މީހުން ބަލާފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މ

    ޔާﷲ

    11
    1
  2. ސާމާނުބެ

    އެކައުންޓް ޕޮރޮމޯޓު ކޮށްލަދިނީދޯ

    18
    • ނުދަންނަމީހާ

      ޕްރޮމޯޓް ކުރީކީ ނޫން މިފަދަ ހުރިހާކަމެއް ފުލުހުންނާ ސަރުކާރުގެ ކަމާބހޭ އިދާރާ ތަކަށް އެގެނީ ކޮންމެވެސް ނޫހެއްގަ އެވާހަކަލިޔުނީމަ އެހެންވީމަކަމަށްވާނީ

      1
      1
  3. އައްޑޫ ޝަކުވާ ބޯޓު

    އެމް.ޑީ.ޕީ. ވެރިކަމަށް އަންނަ ކޮންމެފަހަރަކު، އިސްލާމްދީނާއި ހިލާފު އެތައް އެތައް ކަމެއް. އަދި މިހާރު ލާދީނީ އޭކިޔާއިގެން ވެސްނުވޭ. ޙަމަކިޔާނަން! ސަރުކާރު މަތީފަޑީގައިވެސް ހުސް މުޅިންވެސް އޮތީ މިއެއް. ފިސާރި ކުޅި އެބަކުޅޭތާ! ބޮޑުވަބާއެއް.
    ދޖލ!!
    ދިވެހިން އިސްލާމަކަންމަތީ އަބަދަށް. ޢަތަށް ގޮވާނީ ތި ހުރިހައި ލާދީނީ ރޭވުމެއް.

    1
    3
  4. ނަމަ

    ހަމަހުވާތަ ނަސީބެއް ތިޔަޓިކްޓޮކް ބަލަން ފޯރިނުހުންނަކަން ޔާﷲ މިޤައުމު މި ބައިގަނޑުން ސަލަމަތްކޮށް ދެއްވާންދޭ

    1
    1