ސީރިޔާގެ ކުޑަކުދިން އުޅެމުންދާ ހާލު ބަޔާންކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއީ، މިހެން ދެ ފޮޅުވަތަކުން ބަޔާންކުރެވޭ ވަރުގެ ކަމެއް ނޫނެވެ. މަތީގައިވާ ފޮޓޯ އިން، އެކަން ވަރަށް ރަނގަޅަށް ސާފުވެ، އެނގިގެންދެއެވެ.

މަތީގައިވާ ފޮޓޯއިން، އެފެންނަނީ، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ ސީރިޔާގެ ރެފިއުޖީން އުޅެމުންދާ ކޭމްޕެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯއިން ފެންނަ ކުއްޖަކީ މާޔާ މުޙައްމަދު އަލީ މަރްހީ ނަމަކަށް ކިޔާ، އުމުރުން އެންމެ އަށް އަހަރުގެ ކުއްޖެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި، މާޔާއަކީ، އުފެދުމުގައިވެސް ދެ ފައި ނެތުމުން މަހުރޫމުވެފައިވާ ކުއްޖެކެވެ. އޭނާގެ ބައްޕައަކީވެސް، މި އުނިކަން ހުންނަ މީހެކެވެ. އެހެންނަމަވެސް، އަހުލީ ހަނގުރާމައާއި، އެކަމުގެ ސަބަބުން އަތްމަތި ދަތިވުމުގެ ސަބަބުން، މި ކުޑަ ކުއްޖާއަށް ޕްލާސްޓިކް ފައެއް ހޯދައިދެވޭހާ ފުދުންތެރިކަމެއްވެސް ނެތެވެ. އެކަމުގެ ސަބަބުން، ޖެހެނީ، ޕްލާސްޓިކް ދެ ދަޅުބުރި ބޭނުންކޮށްގެން ހިނގާށެވެ.

މާޔާގެ ބައްޕަގެ މަސައްކަތުން، މި ދަޅު ހަދާފައިވަނީ އެތެރެއަށް ފޮތި ލައްވައިގެން، އޭނާގެ ދަރިފުޅަށް އެއްވެސް އުނދަގޫއެއް ކުރިމަތިނުވާ ގޮތަށެވެ.

މި ކުއްޖާގެ ބައްޕަ، އެހީދޭ ޖަމާއަތަކަށް ކިޔައިދީފައިވާ ގޮތުގައި، އެގޮތަށް ކަންތައް ކޮށްފައިވަނީ، މާޔާގެ އެކުވެރިންނާ ކުޅެން އުޅޭއުރު، މާޔާއަށް ފަސޭހަކަމާއެކު ނޫޅެވޭތީ، އޭނާގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އެހެން ކުދިން ދުވެ އުޅޭއިރު، މާޔާ ފިރުކިފައި އުޅޭތަން ބެލުމަކީ، އޭނާގެ ބައްޕައަށް ފަސޭހަ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރުމާ

    ކޮބާ ނަޝީދު؟

    • ހުއްތު

      ކިހާ ބޮޑު ވަބާއެއްދެން މީ

  2. އަޅުގަނޑު

    استغفر الله
    الحمد لله އެންމެހާ ނިޢުމަތަކަށް.. މާތްﷲ އެބައިމީހުނަށް ދެދުނިޔޭގެ ހެޔޮ ބާއްޖަވެރިކަން ދެއްވަވާށި امين