އިންޑިއާގެ ބައެއް ތަރިން އަބަދުވެސް ރާއްޖެ ދެކެ ވަރަށް ލޯބިވެއެވެ. އެހެންވެ ރާއްޖެއަށް ވަރަށް ގިނައިން އާދެއެވެ. މިއީ ޔަގީނުންވެސް އާ ވާހަކައަކަށް ނުވެދާނެއެވެ.
އެކަމަކު ބޮލީވުޑްގެ ބައެއް ތަރިން ރާއްޖޭގައި ބައެއް ދިވަހި ތަރިންނާއެކު ލަވައެެއް ކުޅުނު ވާހަކައަކީ ބައެއް މީހުންނަށް ނޭނގިދާނެ ވާހަކައެކެވެ. އެކަމަކު މިއީ ހަމަ ވެފައިހުރި ކަންކަމެވެ. އެ ލަވަތައް އަދިވެސް ގިނަ ބައެއްގެ މެދުގައި ހިނގައެވެ.
އޭގެ ތެރެއިން އެއް ލަވަައަކީ ރާއްޖޭގެ އެންމެ ވިދުންގަދަ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)އާއެކު ބޮލީވުޑްގެ ބަތަލާ އާމްނާ ޝާރިފް (ކަޝިޝް) ކުޅުނު ލަވައެވެ. އެއީ މީގެ 13 ވަރަކަށް އަހަރު ކުރިން ނެރުނު ލަވައެެކެވެ. ވިދާތަރި އަލްބަމަށް އަބްދުލް ބާރީ ކިޔާދީފައިވާ ލާމަސީލު ސޫރަ އިން ފެނިގެން ދަނީ ޔޫއްޕެ އާއި ކަޝިޝް އެވެ.
އެ ލަވައިން ކަޝިޝް ފެނިގެންދާއިރު، އޭނާގެ ކޮންމެ ވެސް ވަރެެއްގެ ނެށުން ވެސް އެ ލަވައިން ފެނިގެން ދެއެވެ.
އޭނާއަކީ އިންޑިއާގެ ގިނަބަޔަކު ދަންނަ ތަރިއެކެވެ. ހާއްސަކޮށް ކަހީން ތޯ ހޯޯގާއިން އޭނާ ކުޅުނު ކަޝިޝް ރޯލާއި، ކަސޯޓީ ޒިންދާގީ ކީ2 ހިމެނެއެވެ. އޭނާ ވަނީ ބައެއް ބޮލީވުޑްގެ ފިލްމްތަކުން ވެސް ފެނިގެން ގޮސްފައެވެ. އޭގެ ތެރެއިން އޭކް ވިލަން ފަދަ ފިލްމްތައް ހިމެނެއެވެ.
މީގެ އިތުރުން، މީގެ އަހަރުތަކެއް ކުރިން ދިވެހި ލަވަތަކުން ފެނިގެން ދިޔަ ސޯނިއާ ވެސް ވަނީ ބޮލީވުޑްގެ ފިރިހެން ތަރިއަކާއެކު ލަވައެއް ކުޅެފައެވެ. އެ ތަރިއަކީ ރާޖީވް ޚަންޑެވެލް (ސޫޖަލް)އެވެ. އެއީ ވެސް ހަމަ ވިދާތަރި އަލްބަމަށް އިބްރާހިމް އާމިރު އާއި ފަޒީލާ ކިޔާދީފައިވާ "މިރޭ ތަރިން" ލަވައެވެ. އެ ލަވައިން ސޫޖަލްގެ ނެށުމުގެ ހުނަރު ވަރަށް ރަނގަޅަށް ފެނިގެން ދެއެވެ.
ރާޖީވް ވަނީ ބައެއް ފިލްމްތަކުން ވެސް ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި އާމިރް، ޝައިތާން، ސައުންޑްޓްރެކް، ވިލްޔޫ މެރީ މީ ހިމެނެއެވެ.
މީގެ އިތުރުން ވެސް ދިވެހި ބައެއް ލަވަތަކުން ބޭރުގެ ފިލްމީ ތަރިން ފެނިގެން ގޮސްފައި ވެއެވެ.
މހާރު ދިވެހިން ވަކި ބައެއްގޮތުގަ ފެންނާނީ ތި ގޮތަށް ބުރުގާ ނާޅާ ދިވެހިން މިހާރު ނުތިބޭތީ ވ އެހެންމީހުންނާ ބީރައްޓެހި ގޮތަކަށް ފެންނާނީ މިހާރު ނަމަ! ކަޝިޝް އާ ދިވެހި ކުދިން ވެސް އެއްކަހަލަ ޑްރެސް އަޕްކަ ސޯ އިޓް ލުކްސް ވިޝުއަލް! ބަޓް ނައު ކަޝިޝް އެލަވަ ދިވެހި ބަޔަކާ އެކު ކުޅެންޏާ ދިވެހިން ތިބޭނީ ވ އޮޑް ކޮށް ވިތް ބުރުޤާ
ތީ މާކުރިންވެސް އެނގޭ ކަމެއް ފްރެންޑް.
އޯ އެމް ޖީ އަދި ތިކަން މިއިނގުނީ...😲
ވަގުތު ނޫސްވެރިންނަށް އަދި ދޯ މިކަން އިނގުނީ… ލިޔާނެ އެއްޗެއް ނެތީއްޔާ ހަބަރު ނުލިޔަންވީނު..
އެކުދިން ޅައީއެވެ
ކަލޭމެންނަށް ބޮލީވުޑް އިނގޭތަ؟