މަޝްހޫރު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް އަކީ މީސް މީޑިއާގައި އެކްޓިވް ތަރިއެކެވެ. އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ސޯޝިއަލް މީޑިއާގައި ހިއްސާކުރަމުންދާ ލަމްހާގެ އެކައުންޓްތަކުން މިހާރު ފެނިގެންދަނީ އަލަތު ދަރިފުޅު ލިބެން އުޅޭތީ ކުރާ ފޮނި އުންމީދުތަކާއި ގުޅިފައިވާ އެތައް ޕޯސްޓް ތަކެކެވެ.

މީގެ ކުރިން އެ އެކައުންޓްތަކުން ފެނިގެންދަނީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކޮށް، ހިތްގައިމު މަންްޒިލްތަކުގައި ނަގާފައިވާ ފޮޓޯތަކެވެ. އޭގެ އިތުރުން އާއިލީ ހަފްލާތަކާއި ވިޔަފާރިތަކުގެ ބައެއް ޕްރޮމޯޝަންތައް ދައްކުވައިދޭ ފޮޓޯތައް ހިއްސާ ކޮށްފައިވެއެވެ.

އިއްޔެ ލަމްހާ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓް ކޮށްފައިވާ ލިޔުންކޮޅުގައި ބުނެފައިވަނީ އެއްވެސް މީހަކު މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓް ކުރަނީ ދެއްކުންތެރިކަމުގެ ގޮތުން ނޫން ކަމަށެވެ. އެ މަންޒަރުތައް ބަލާމީހުން ހަސަދަވެރި ނަޒަރަކުން ބަލަނީ ކަމަށާއި، މީހުންގެ ވިސްނުން ބަދަލުކޮށް އެެހެން މީހުންނަށް ލިބޭ ކާމިޔާބީއާއި ކުރިއެރުންތަކަށް ހަސަދަވެރިވުމުގެ ބަދަލުގައި އުފާކުރަން ފެށުމަށް ބުނެފައިވެެއެވެ.

ލަމްގެ ފޮޓޯތައް ހިއްސާކުރުމާއި ގުޅިގެން ބައެއް މީހުންގެ ކޮމެންޓްތައް އައިސްފައިވަނީ ފާޑުކިޔުންތައް އަމާޒުކޮށެވެ. އެތައް ނައްސި ކޮމެންޓެއް އައިސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ލަމްގެ އިންސްޓަގްރާމް އެކައުންޓްގައި މިހާތަނަށް 1،614 ފޮޓޯ ޕޯސްޓް ކޮށްފައިވާއިރު، އެއިން ކޮންމެ ފޮޓޯއަކުން އެތައް ވާހަކައެއް ބުނެދެއެވެ. އެއީ ރައްކާކުރާ އެތައް ހަނދާން ތަކެކެވެ. ލަމްގެ އެކައުންޓް ފޮލޯކުރާ 63،000 އަށް ވުރެ ގިނަ މީހުން ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ދެން ކޮންމަކުންބާ ތި ޕޯސްޓް ކުރަނީ. އެއްޗެކޭ މީހުންލައްވާ ބުނުވަން ތިއުޅެނީ

    49
    3
  2. 👌

    ވވ. ސަޅި. ލަމްގެ ހު ރިހާ ފޮޓޯތައް ވެސް ވވ. ރީތި

    8
    24
  3. އެކުވެރިއެއް

    ލަމްއަކީ ވަރަށް ހިތްހެޔޮ މީހެއް، މީހުން ސޯޝަލް މީޑިޔާގައި އެއްޗެހި ޕޯސްޓްކުރަނީ ދެއްކުންތެރިކަމަކުނޫން، އެއީ ހޔާތުގެ މުހިންމު ކަންކަމުގެ ހަދާންތައް. ހަސަދަވެރިކަމަކީ ވަރަށް ބޮޑުނުބައި ކަމެއް. ޒަމާން ބަދަލުވެ އިންސްޓާގުރާމް ވެފައިވަނީ ތިމާގެ އަމިއްލަ ޑިޖިޓަލް ފޮޓޯއަލްބަމަށް. ކުރީގައި އަހަރެމެންގެ މައިންބަފައިން ފޮޓޯނަގާ އެ އަލްބަމްތަކަށް ލައިގެން ގެންގުޅޭ މެހެމާނަކު ގެއަށް އައިސްފިޔާ އެ ފޮޓޯ އަލްބަމް ބަލާ އުޅޭ. އެވެސް ހަމަ ދެއްކުންތެރިކަންތޯ؟ މިހާރުވެސް މާމަމެން އަހަރެމެންގެ ފޮޓޯ ގެންގުޅޭ، މިއީ ތިމަންގެ މާމަ ދަރިއޭ ކިޔާފައި މީހުންނަށް ފޮޓޯދައްކާ ހަދާ. އެއިރާ މިހާރުގެ ތަފާތަކީ ތިމާގެ ޕޮޓޯ އަލްބަމް ގިނަ މީހުންނަށް ފެއްނަން ހުރުން.

    17
    23
    • ސާދާ

      މަސްސަލައަކީ އެއްވެސް ފޮޓޯ އެއްގަ އައުރަ ނިވާނުކޮށް ހުރުން. އެއަށް ބަލާ ކޮންމެ ފަހަރަކު ކިހާ ފާފައެްތޯ އެ ލިބެނީ. ހިތައްއަރާ ކިޔަވައިއެން ތިބޭއިރުވެސް އެވަރު ނޭންގެނީ ބާއެވެ.

      22
      3
  4. Anonymous

    މީހުންދުލުގަ ހިފާަ ނުދަމަާ

    28
    1
  5. Anonymous

    އެއްވެސް ގޮތަކުން ބަލާނަމަ ތިޔަކީ ރަނގަޅު ކަމެއް ނޫންކަން އެނގެނީ...މީހުންގެ އެސްފީނަ އެއީ ނުރައްކާ ތެރިކަމެއް ސަމާލުވޭ.

    47
    4
  6. ޒާ

    ދެއްކުންތެރިކަމަކީ ނުބައިއަމަލެއް

    21
    2
  7. ރަސީދު

    ދެއްކެންވެގެން ނޫނީ ކީކުރަން

    15
    2
  8. Anonymous

    ދެއްކުންތެރިވާންވެގެން ތިނޫން ބަޔަކު ބަނޑު ބޮޑުނުވަނީތަ

    15
    1
  9. Anonymous

    ދެއްކުންތެރިކަން އެއީ ހުތުރު ސިފައެއް.