ޓިކްޓޮކްގައި މަޝްހޫރު ކަން ހޯދަމުން އަންނަ ކަބީ ލޭމް ޓިކްޓޮކްގެ ރަސްގެފާނަށް ވާން މާ ގިނަ ދުވަހެއް ނުވާނެ ކަމަށް އޭނާގެ ފޭނުން މިހާރުދަނީ ބުނަމުންނެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަބީ ލޭމް، އަސްލު ނަމުން ނަމަ ކަބޭން ވަނީ ޓިކްޓޮކްގައި އެތައް މިލިއަން ބައެއްގެ ސަމާލުކަން ހޯދައިފައެވެ. އެގޮތުން އޭނާގެ ފޮލޯވާސްގެ އަދަދު މިހާރު 84 މިލިއަން އަށް އަރާފައިވާ އިރު ކަބީ ލޭމް ޓިކްޓޮކް ބޭނުންކުރަން ފެށި މުއްދަތާ އަޅާ ބަލާ އިރު މިއީ ވަރަށް ގިނަ ފޮލޯވަރުންކަން ފާހަގަ ކުރެވެއެވެ.

ދަ ނިއުޔޯކް ޓައިމްސްއިން ބުނެފައިވާ ގޮތުގައި ކަބީ ލޭމް ޓިކްޓޮކް ކުޅެން ފެށީ ކޮވިޑާ ގުޅިގެން އޭނާގެ ވަޒީފާ ގެއްލުމާ ގުޅިގެންނެވެ. އިޓަލީގައި ދިރިއުޅެމުންދާ ކަބީ ލޭމް ޓިކްޓޮކްގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވަނީ ވާހަކަ ނުދައްކާ އޭނާގެ މޫނުގެ ކުލަވަރުބަދަލުކޮށްގެން ހުރެ އަތުން ކުރާ ހަރަކާތްތަކަކުންނެވެ.

ފާއިތުވި ޖޫން މަހު ކަބީ ލޭމްގެ ފޮލޯވަރުންގެ އަދަދަކީ 65 މިލިއަނެވެ. އޭގެ މަހެއްހާ ދުވަސް ފަހުން އޭނާގެ ފޮލޯވަރުންގެ އަދަދު 81 މިލިއަނަށް އަރާފައިވާ އިރު މިހާރު އޭނާގެ ފޭނުންގެ އަދަދު ވަނީ 87.9 މިލިއަނަށް އަރައިފައެވެ.

ޓިކްޓޮކްގައި މިހާރު އެންމެ ގިނަ ފޮލޯވާސް ތިބީ ޗާލީ ޑިމީލިއޯގެއެވެ. އޭނާގެ އެކައުންޓު ފޮލޯކުރާ މީހުންގެ އަދަދު 119.9 މިލިއަން ގައި އުޅޭއިރު ކުރިއަށް އޮތް މަސްތަކުގައި ކަބީ ލޭމްގެ ފޮލޯވާސްގެ އަދަދު މިއަށްވުރެ މަތިވެދާނެ ކަމަށް ބެލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު