އިންޑިއާގައި އާބާދީ އިތުރު ވަނީ ބޮލީވުޑްގެ ތަރި އާމިރު ޚާންގެ ސަބަބުން ކަމަށް ބީޖޭޕީގެ ލީޑަރަކު ބުނެފިއެވެ.

އާބާދީ ކޮންޓްރޯލު ކުރުމަށްޓަކައި 2026 ވަނަ އަހަރަށް 2.6 އިންސައްތަ ކޮންޓްރޯލު ކުރުމަށާއި 2030 ވަނަ އަހަރާއި ހަމައަށް 1.9 އިންސައްތަ އާބާދީ ކޮންޓްރޯލު ކުރުމަށް ނިންމާފައިވީ ނަމަވެސް އެކަމަށް މިހާތަނަށް އެއްވެސް އެދެވޭ ނަތީޖާއެއް ނުލިބޭ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

ބީޖޭޕީ ލީޑަރ މަންސޫރު ސުދީޕް ގުޕްތާ އާބާދީ ކޮންޓްރޯލު ކުރުމާއި ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ އާބާދީ ކޮންޓްރޯލް ނުވަނީ އާމިރު ޚާން ފަދަ މީހުންގެ ސަބަބުން ކަމަށެވެ.

''އާމިރު ޚާންގެ ފުރަތަމަ އަނބިމީހާ ރީނާއާއި އެކު 2 ދަރިން ހޯދުމަށް ފަހު ދެވަނަ އަނބިމީހާ ކިރަންއަށް ދަރިއެއް ހޯދައި އެކުދިން ދޫކޮށްލާފައި މިހާރު ތިންވަނަ މީހަކާއި ކައިވެނި ކުރުމަށް މަސައްކަތް ކުރަނީ'' މަންސޫރު ބުނެފައިވެއެވެ.

މަންސޫރު ބުނެފައިވަނީ އާމިރު ޚާން ފަދަ މީހުންގެ ސަބަބުން އާބާދީ ކޮންޓްރޯލު ނުވާ ކަމަށެވެ. މިއީ މިގޮތަށް އުޅޭ އެންމެންނަށް ވެސް ދެވޭ މެސެޖެއް ކަމަށް ވެސް މަންސޫރު ބުނެފައިވެއެވެ.

މަންސޫރުގެ މި ބުނުމަކީ ތާކުންތާކު ނުޖެހޭ ބުނުމެއް ކަމަށާއި ފާއިތުވި އަހަރުތަކުގައި ވެސް އިންޑިއާގެ އާބާދީ ކޮންޓްރޯލު ކުރެވިފައި ނެތް ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

އާބާދީ އިތުރުވުމަކީ އެކަމުގެ އުފާ ފާޅުކޮށް ކުލަ ގަދަކޮށް ފާހަގަ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ބީޖޭޕީގެ ލީޑަރު މަންސޫރުގެ ވާހަކައިގައި ފާހަގަ ކޮށްފައިވެއެވެ.

އާމިރު ޚާނާއި ކިރަން ރާއޯގެ 15 އަހަރުވީ ކައިވެނި ނިމުނު ކަމަށް ބުނެ މިދިޔަ ހަފުތާގައި ވަނީ ބަޔާނެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު