ރެޕްގެ ދުނިޔޭގައި މަޝްހޫރު ރެޕާ ކާޑީ ބީ އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅުގެ އުފަން ދުވަސް ފާހަގަ ކޮށްފިއެވެ. ގިނަ ހަދިޔާތަކެއް ދަރިފުޅަށް ދިން އިރު އެންމެ އަގު ބޮޑު ހަދިޔާއަކަށް ދަރިފުޅަށް ދެވުނީ އަގު ބޮޑު ޖަވާހިރު ކަމަށް ކާޑީ ބީ ވަނީ ބުނެފައެވެ.

ކާޑީ ބީގެ އަންހެން ދަރިފުޅަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޕްރިންސެސް ތީމް ޕާޓީ އެކެވެ. މި ޕާޓީގައި އަންހެން ދަރިފުޅު ކަލްޗާއަށް ކާޑީ ބީގެ ފަރާތުން ދެވުނު އެންމެ އަގުބޮޑު ހަދިޔާ އަކީ 24 މިލިއަން ޑޮލަރު(340 މިލިއަން ރުފިޔާ) ގެ އަގުހުރި ޖަވާހިރެކެވެ.

އުމުރުން 28 އަހަރުގެ ކާޑީ ބީ އާއި އޭނާގެ ފިރިމީހާ އޮފްސެޓް ވެސް ކަލްޗާގެ އުފަން ދުވަހުގައި ބައިވެރިވިއެވެ. ކަލްޗާގެ ކޮންމެ އުފަންދުވަހެއްގައި ވެސް އަގު ބޮޑު ހަދިޔާގެ ކާޑީ ބީގެ ފަރާތުން ލިބޭކަން ފާހަގަ ކުރެވެއެވެ.

ކަލްޗާ އަށް އެއް އަހަރު ފުރުނު އުފަން ދުވަހު އޭނާ އަށް ވަނީ އެއްލައްކަ ޑޮލަރުގެ އަގުހުރި ޖަވާހިރުން ޖަރީކޮށްފައިވާ ކަރުގައި އަޅާ ފަށެއް ލިބިފައެވެ. އަދި ކަލްޗާ އަށް ދެ އަހަރު ފުރުމުން ބޭއްވި އުފަން ދުވަހުގެ ޕާޓީގައި ކަލްޗާއަށް ވަނީ ޖަވާހިރުން ފަރުމާކޮށްފައިވާ ގަޑިއެއް ލިބިފައެވެ.

ކާޑީ ބީ އޭނާގެ އަންހެން ދަރިފުޅުގެ އުފަން ދުވަސް ފާހަގަ ކުރިއިރު ދެ ވަނަ ކުއްޖަކަށް އޭނާ ބަނޑު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު