ބޮލީވުޑްގެ ފިލްމީތަރިންގެ ތެރެއިން ޝިލްޕާ ޝެޓީ އަކީ ކަސްރަތު ކުރުމާއި ދުޅަހެޔޮ ސިއްހަތަށް ސަމާލުކަންދޭ ތަރިއެއްކަން ގިނަބަޔަކު ފާހަގަ ކުރެއެވެ. އެކަމުގެ އެއް ހެއްކަކީ އެރައް އެތައް އަހަރެއްވި އިރުވެސް އޭނާގެ ހަށިގަނޑަށް ބަދަލު ނައިސް ކުރިން ހުރި ގޮތަށް ރީއްޗަށް ލޫޅާފަތިކޮށް ހުރުމެވެ. ޝިލްޕާގެ ފަރާތުން އޭނާގެ ފިރިހެން ދަރިފުޅުވެސް މިވަނީ ކަސްރަތުކުރުމުގެ އާދަ ދަސްކޮށްފައެވެ.

ޝިލްޕާ ޝެޓީގެ ކޮއްކޮ ފިލްމީތަރި ޝަމީތާ ޝެޓީ އޭނާގެ އިންސްޓަގްރާމަށް ލާފައިވާ ވީޑިއޯގައި ފެނިގެންދަނީ ޝިލްޕާގެ ފިރިހެން ދަރިފުޅު ވިޔާން ރާޖް ކުންދްރާގެ ޖިމް ޖައްސައި ވަރުގަދަކޮށްފައިވާ 9 އަހަރުގެ ހަށިގަނޑެވެ.

ނުވަ އަހަރުގެ ވިޔާން ޖިމަށްދާތާ އެތައް ދުވަހެއް ވެފައިވާއިރު ފޭނުން މިހާރު ވިޔާން ސިފަކޮށްފައި ވަނީ ޓައިގާ ޝްރޮފް ލައިޓްގެ ގޮތުގައި އެވެ. ޓައިގާ ޝްރޮގްގެ ހަށިގަނޑަކީވެސް ކަސްރަތުކޮށް ވަރުގަދަކޮށްފައިވާ ރީތި ހަށިގަނޑެއް ކަމަށް އޭނާގެ ފޭނުންވެސް ބުނެ އެވެ.

ވިޔާން ކަސްރަތުކުރާ މަންޒަރު ފެންނަ ވީޑިއޯ އަށް ސަޕޯޓަރުންގެ ސަމާލުކަން ލިބެމުންދާއިރު ވިޔާންގެ ހިތްވަރަށް ގިނަބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. ގިނަ ކޮމެންޓުތަކުގައި ފޭނުން ބުނެފައި ވަނީ މެދުކެނޑުމެއްނެތި ކަސްރަތު ކުރުމުގައި ވިޔާން ދެމިހުރުމަށެވެ.

ވިޔާން އަށް ޓައިގާ ޝްރޮފްގެ ލަގަބު ދިންއިރު ވިޔާން އަކީ ޓައިގާ ޝްރޮފްގެ ފޭނެއްކަން ފާހަގަ ކުރެވެއެވެ. 2019 ވަނަ އަހަރު ޝިލްޕާ ވަނީ ވިޔާން ފުރަތަމަ ފަހަރަށް ބެކްފްލިޕް އަޅާތަންވެސް ފޭނުންނަށް ދައްކާލާފަ އެވެ.