ބޮލީވުޑުގެ މަޝްހޫރު ފަންނާނުންނަކީ ގިނަ ބައެއްގެ މުހިއްމު ހަފުލާތަކުގައި ބައިވެރި ކުރަން ބޭނުންވާ ބައެކެވެ. އެގޮތުން މި ފުރުސަތު ބައެއް މީހުންނަށް ދަނީ ލިބެމުންނެވެ.

ބައެއް ފަންނާނުން އެކި މީހުންގެ ކައިވެނި ހަފުލާތަކުގައި ބައިވެރިވާ މަންޒަރު ފެނެއެވެ. ނަމަވެސް މި ފަންނާނުން ކައިވެނި ހަފުލާތަކުގައި ބައިވެރިވުމަށް ފައިސާ ނަގާކަން އެނގޭ ހެއްޔެވެ؟

މިއީ ހުރިހާ ފަންނާނުން ކުރާ ކަމެއް ނޫނެވެ. ނަމަވެސް ބޮލީވުޑުގެ މަޝްހޫރު ފަންނާނުންގެ ތެރެއިން މި 10 ފަންނާނުންނަކީ ކައިވެނި ހަފުލާތަކުގައި ބައިވެރިވުމަށް ފައިސާ ނަގާ ފަންނާނުންނެވެ. މި ފަންނާނުން ވަނީ މިކަމާ އެއްބަސް ވެފައެވެ.

ކެތްރީން ކެއިފް

''ޓައިގަރ ޒިންދާހޭ'' ގެ ބަތަލާ ކެތްރީނާ ކެއިފްއަކީ މި ލިސްޓުގެ އެއްވަނައިގައި ހިމެނޭ ފަންނާނެވެ. އަދި އެންމެ ބޮޑު އަގު ހުށަހަޅާ ފަންނާނެވެ. ކައިވެނި ހަފުލާއެއްގައި ބައިވެރިވުމަށް 470،000 ޑޮލަރު ނަގައެވެ.

ޝާހުރުކް ޚާން

ބޮލީވުޑުގެ ކިންގް ޚާން ޝާހުރުކް ޚާން މި ލިސްޓުގެ ދެވަނައިގައި ހިމެނެނީ، ކައިވެނި ހަފުލާތަކުގައި ބައިވެރިވުމަށް 402،000 ޑޮލަރު ނަގާތީއެވެ.

ރިތިކް ރޯޝަން

''ކަހޯނާ ޕިޔާރު ހޭ'' ގެ އެކްޓަރ ހިމެނެނީ މި ލިސްޓުގެ ތިންވަނައިގައެވެ. ކައިވެނި ހަފުލާއެއްގައި ބައިވެރިވުމަށް ރިތިކް ނަގަނީ 335،700 ޑޮލަރެވެ.

އަކްޝޭ ކުމާރު

''ކިލާޅީ'' އެކްޓަރު ވެސް ކައިވެނި ހަފުލާތަކުގައި ބައިވެރިވުމަށް 335،700 ޑޮލަރު ޗާޖުކުރެއެވެ.

ޕްރިޔަންކާ ޗޯޕްރާ

ބޮލީވުޑު އަދި ހޮލީވުޑުގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ކައިވެނި ހަފުލާތަކުގައި ބައިވެރިވުމަށް ވެސް ނަގަނީ 335،700 ޑޮލަރެވެ.

ރަންބީރު ކަޕޫރު

ރަންބީރު ކަޕޫރު ކައިވެނި ހަފުލާތަކުގައި ބައިވެރިވުމަށް ޗާޖު ކުރަނީ 268،500 ޑޮލަރެވެ.

ސަލްމާން ޚާން

ސަލްމާން ޚާން ކައިވެނި ހަފުލާތަކުގައި ބައިވެރިވުމަށް ޗާޖު ކުރަނީ ވެސް 268،500 ޑޮލަރެވެ.

ދީޕިކާ ޕާޑުކޯންއާއި ރަންބީރު ސިންގް

ބޮލީވުޑުގެ މި ޖޯޑު ކައިވެނި ހަފުލާތަކުގައި ބައިވެރިވަނީ 134،200 ޑޮލަރަށެވެ.

އަނުޝްކާ ޝަރުމާ

''ޕީކޭ'' ގެ ބަތަކާ އަނުޝްކާ ޝަރުމާ ކައިވެނި ހަފުލާތަކުގައި ބައިވެރިވުމަށް ޗާޖުކުރަނީ 107،400 ޑޮލަރެވެ.

ކައިވެނި ހަފުލާތަކުގައި ހިލޭ ބައިވެރިވެދޭ ފަންނާނުން ވެސް ހިމެނެއެވެ. ދިލިޕް ކުމާރަކީ ވެސް އެފަދަ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކެތުރީނާމެން އެންމެ ޕާޓީ އަކުން ދެން މަސަތްކަތެއް ނުކޮށްއުޅެވޭ ވަރު ކޮއްލާ އެބަ.

    10
    1