ލޭގެ ކެންސަރު ޖެހިފައިވާ އަންހެން ކުއްޖަކު އެކުއްޖާގެ ބޯންމެރޯ ހެދުމަށް ބްރޭސްލެޓް ނުވަތަ އަތުގަ އަޅާ އެއްޗެހި ވިއްކައިގެން ފައިސާ ހޯދަން ފެށުމުން ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ.

އޮލިވިޔާ ސްޓޯއި ނަމަކަށް ކިޔާ 14 އަހަރުގެ މި ކުއްޖާގެ ބޯންމެރޯ ނުހެދިއްޖެނަމަ ފުރާނަ ސަލާމަތް ނުކުރެވިދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައި އެވެ.

އަދި އޭނާގެ ބޭބެ ބޯންމެރޯ ދޭން ތައްޔާރަށް ހުރި ނަމަވެސް މައްސަލަ ދިމާވީ އިންސިޔުރެންސް ކޮމްޕެނީއިން ދޭން ބުނި 900000 ޑޮލަރު ދިނުމަށް އިންކާރު ކުރުމުންނެވެ.

އެކުއްޖާގެ އާއިލާއިން ޑޮކްޓަރުންނާއި ވާހަކަ ދައްކައިގެން އޭނާގެ އޮޕަރޭޝަން 350000 އަށް ކޮށްދިނުމަށް ވަނީ އެއްބަސްވެފައި އެވެ.

ފައިސާގެ ދަތިކަން ހުރުމުން އޮލިވިޔާ ނިންމީ ފައިސާ ހޯދުމަށް ހަރަކާތްތަކެއް ހިންގުމަށެވެ. މިކަމުގައި އޮލިވިޔާއަށް އެހީވެދިނީ ގަހަނާ ޑިޒައިނަރެއް ކަމަށްވާ އެމިލީ ބްރިޔަން އެވެ. އޭނާ ވަނީ އޮލިވިޔާއަށް އެކި ކުލަކުލައިގެ މިނާ ފުށް ފަދަ ތަކެއްޗާއި އެތަކެތި ތައްޔާރުކުރާނެ ގޮތް ކިޔައިދީފައި އެވެ.

އެހެންކަމުން އޮލިވިޔާ އެ މިނާ ފުށްތަކުން އަތުގައި އަޅާ އެއްޗެހި ހަދައިގެން ފައިސާ ހޯދުމައިގެން ހަރަކާތްތެރިވީ އެވެ.

އަންނަ ޖުލައިމަހުގެ ކުރިން ހޮސްޕިޓަލަށް ހުރިހާ ފައިސާއެއް ދެއްކުމަށް ބުނެފައިވާއިރު އޮލިވިޔާގެ މަސައްކަތް ކާމިޔާބު ވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު