އައިސްޓީވީއިން ގެނެސްދިން 'މީހުންގެ ވާހަކަ' ޝޯ އަދި މިހާރު ބައިސްކޯފުން ކުރިޔަށް ގެންދާ 'ތުންތުން މަތިން' ގެ ހޯސްޓް ޝަހުފާ ޝާކިރް އެންމެން ދަންނަ ނަމުން ނަމަ ޝަހޫ އަކީ މިހާރު ރާއްޖޭގެ އެންމެ ގިނަ ބަޔަކަށް ކަމުދާ ހޯސްޓްއޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ. މިއީ މަޝްހޫރު މީހުންގެ ވާހަކަތައް ހޯދުމަށް ކުރިއަށްގެންްދާ ދެ ޝޯވކަމަށްވާއިރު، ޝަހޫ ވާހަކަ ހޯދައި އެ ވާހަކަތައް ހިއްސާ ކުރާ ގޮތް ފެނިފައި ބައެއް ފަހަރު އަޖައިބުވެސް ވެއެވެ.

ދިވެހި މިއުޒިކް އިންޑަސްޓްރީއިން ވިޔަސް ނުވަތަ ފިލްމީ އިންޑަސްޓްރީން ވިޔަސް އާންމުން ދަންނަ މަޝްހޫރު މީހަކަށް ވުމުން ތުންތުން މަތިން އިވޭ އަޑުތަކާއި، އުޅެގޮތް ބަލާ މީހުން ގިނަވެއެވެ. ޝަހޫއަކީ މީގެ ތެރެއިން އެކަކެވެ. އެ ތަރިން ސިއްރުކޮށްގެން އުޅޭ ވާހަކަތައްވެސް ޝަހޫ ހޯދާލައެވެ. ހޯދަނީ ކިހިނެއް ކަމެއް ނުބުނައެވެ. ބުނަނީ އަބަދުވެސް ތުންތުންމަތިން އެ ވާހަކަތައް އިވޭ ކަމެވެ.

ޝަހޫ މިފަހުން ހުށަހަޅައިދިން ދެ ޝޯގެ ވެސް ކޮންސެޕްޓް ބިނާކޮށްފައިވަނީ ތުންތުން މަތިން މަޝްހޫރު މީހުންނޭ ކިޔައިގެން އަޑު އިވިފައިވާ އެކި ކަހަލަ ވާހަކަތަކަށް އަލި އަޅުވާލައި، އެ މައުުޟޫތަކަށް ވާހަކަ ދައްކައި އޭގެ ތެދު ހަގީގަތް މަޝްހޫރު މީހުންގެ ފަރާތުން ބެލުންތެރިންނާއި ހިއްސާ ކުރުންކަމަށް ވާއިރު، ޝަހޫ އޭނާގެ ވާޒީފާ ވަރަށް ރަނގަޅަށް އަދާކޮށްފިއެވެ. ތަރިންގެ އަނގައިން ވާހަކަތައް ނެރެލީއެވެ.

ޝަހޫގެ ޝޯތަކުން މީގެ ކުރިން ބެލުންތެރިންނަށް އެނގިފައިނުވާ މައުލޫމާތާއި، ފަންނާނުންނޭ ކިޔައިގެން ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތް ހާމަވެގެންދާއިރު، މި ޝޯތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަ ކޮށްލެވެއެވެ.

ނަމަވެސް، ބައެއް ފަންނާނުން އަދި ބެލުންތެރިން ގަބޫލުކުރާ ގޮތުގައި މި ޝޯތަކުގެ ތެރޭގައި އާންމުން ދެކެވެނީ މީހުންގެ ވާހަކައެވެ. ޝޯތައް ކުރިޔަށް ގެންދާއިރު ދެކެވޭ ވާހަކަތައް އަބަދުވެސް ވެފައިވަނީ ތުންތުން މަތިން ޝަހޫއަށް އަޑުއިވޭ ވާހަކަ ތަކަކަށެވެ. އެއިން އެއްވެސް ޕްރޮގްރާމެއްގައި ޝަހޫ އަމިއްލައަށް މީހުންގެ ވާހަކަ ދައްކާ ކަމަކަށް އެއްބަހެއް ނުވޭތާއެވެ.

އެކަމަކު ބުނަން ބޭނުންވާ ވާހަކައަކީ ޝަހޫ ހޯސްޓް ކޮށްދޭ ޝޯތައް ވަރަށް ފުރިހަމަ ވާހަކައެވެ. ޝަހޫ މީހުންގެ ވާހަކަތައް ހޯދާލަން ކުޅަދާނަ ކަމެވެ.

ޝޯއެއްގައި މިއީ 'ގޮސިޕް ކުރަން' ނުވަތަ މީހުންގެ ވާހަކަ ދައްކަން ގެނައި ޝޯއެއްތޯ ބައިވެރިޔާ ސުވާލުކުރުމުން ވެސް ޝަހޫ ދެމުންގެންދާ ޖަވާބަކަށް ވެފައިވަނީ ޝަހޫ ގޮސިޕް ނުުކުރާ ކަމަށެވެ.

ޝަހޫ ހޯސްޓް ކުރި މި ދެ ޝޯއަށްވެސް ގިނަބައެއްގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޭނަ

    އަެހެންމީހުންގެ ވާހަކަތައް ހޯދައިގެން ދެއްކުން ރަނގަޅެއް ނޫން.

    29
    2
  2. ސީޒަން

    އަދި މަށާ ސުވާލްކޮއްލާ ދުވަހަކުން މީނަގެ ފަތިފުށް މަކިޔާލަދޭނަމޭ މީހުން ކިޔާއަޑުއަހަމޭ ކިޔާފަ