މަޝްހޫރު ލަވަކިޔުންތެރިޔާ ލިއާމް ޕޭން މިދިޔަ އަހަރު ތެރޭގައި ޖިންނި އުޅޭ ގެއަކަށް ބަދަލު ވި ކަން އެނގޭ ހެއްޔެވެ؟. އޭނާ އެގެއަށް ބަދަލުވި ފަހުން އުޅުނީ ރޭގަނޑު ނުނިދިގެންނެވެ.

ވަން ޑައިރެކްޝަންއިން އާއްމުންގެ މެދުގައި މަގްބޫލުކަން ހޯދި ލިއާމް ކުރިން އުޅުނު ލަންޑަން ގެއިންވެސް ޖިންނި ފެންނަ ކަމަށް އޭނާ ބުނެފައި ވެއެވެ. އެހެންވެ އެގެއިން އޭނާ ބަދަލުވީއެވެ.

އޭނާ ފަހުން ނޮވެމްބަރު މަސް ތެރޭގައި ބަދަލުވި ގޭގެ ހާލަތު މާ ގޯހެވެ. އޭނާ ބުނަނީ ފަހުން ބަދަލުވި ގޭގައި މާގިނަ ޖިންނި އުޅޭ ކަމަށެވެ. އޭނާ ބުނެފައިވާގޮތުގައި، ފަހުން ބަދަލުވި ގެއަކީ 1500ގެ އަހަރުތަކުގައި އިމާރަތް ކުރި ގެއެއްކަމަށާއި، އެގެ ވަރަށް ބިރުވެރިކަމަށެވެ.

އުމުރުން 27 އަހަރުގެ ލިއާމް މިދިޔަ އަހަރުގެ މެއި މަސް ތެރޭގައި ބުނެފައިވާގޮތުގައި، އޭނާ ލަންޑަންގައި ކުރިން ދިރިއުޅެމުންދިޔަ ގޭގައި ނިދާފައި ހޭލެވުނީ ގެއިން ބާރު އަޑެއް އިވިގެންނެވެ. އެއީ ބިރުވެރި އަޑެއްގެ ގޮތުގައި އޭނާ ސިފަކޮށްފައި ވެއެވެ.

"އަހަރެން އޮތީ ނިދާފައި، ދެން އިވުނީ ބާރުއަޑެއް. އަހަރެން އުޅުނި އެ އަޑުތައް ރެކޯޑް ކުރަން، އަހަރެން އެނދުގައި އިދެގެން ބުނިން، އެއްވެސް މީހަކު އެބަ އުޅޭތަ؟ ޓަކި ޖެހީ ތި މީހެއްތަ؟ ދެން ކުއްލިއަކަށް އަހަރެންގެ ކޮޓަރީގެ އަލަމާރީގެ ލައިޓް ދިއްލުނީ، އެކަމަކު އެ އަލަމާރިވެސް ހުރީ ލައްޕާފައި. އެއީ ބިރުވެރި ވަގުތެއް".

އޭނާ ވަނީ އެކަން ތަހުގީގު ކުރަން ބޭނުންވާ ކަމަށްވެސް ބުނެފައެވެ.

ލިއާމް ބުނީ، އެއީ އޭނާ ބިރުގަތްކަހަލަ ކަމެއް ކަމަށާއި، އެކަމަކު މަޖާވެސް ކަމެއް ކަމަށެވެ.

އޭނާ ފަހުން އުޅުނު ގެއިން ޖިންނި އުޅޭކަން ހާމަކުރިއިރު، ފަހުން އޭނާ އެހެން ގެއަކަށް ބަދަލުވިކަން ރިޕޯޓްކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު