އުމުރުން 15 އަހަރުގެ ކުއްޖަކު މަރާލެވުމުން، ހިތާމަކުރާކަމަށާއި އެކަން ކުރެވުނީ އޮޅިގެންކަމަށް ގޭންގްސްޓާރަކު ބުނެފިއެވެ. އެމެރިކާގެ ސިޓީއެއްގެ ގޭންގްސްޓާރަކު މިހެން ބުނެފައިވާއިރު، އެއީ ގޭންގުގެ ބޮޑެއްކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

އެޤައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެކަން ކުރެވުނީތީ މަޢާފަަށް އެދިފައިވަނީ ސްނެޕްޗެޓުގައި އާއްމުކުރި ވީޑިޔޯއެއްގައެވެ. އަދި، އެ ވީޑިޔޯކޮޅުވަނީ މަރުވި ކުއްޖާގެ އާއިލާއާ ހަމައަށް ފޯރުކޮށްދީފައެވެ.

މި މަހުގެ 20 ވަނަ ދުވަހު، ލެސަންޑްރޯ ގުޒްމަން ފެލިޒް ނަމަކަށް ކިޔާ މި ކުޑަ ކުއްޖާ މަރާލާފައިވާއިރު، 14 އަހަރުގެ އެހެން ކުއްޖަކަށްވެސް ބޮޑެތި އަނިޔާތަކެއް ދީފައިވެއެވެ. މި މައްސަލައާ ގުޅިގެން، "ނިއު ޔޯކް ޕޯސްޓް" އަށް މައުލޫމާތު ދެމުން، ނިއު ޔޯކު ފުލުހުން ބުނެފައިވަނީ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށެވެ.

ހަމައެހެންމެ، އެކުއްޖާ މަރާލެވުނީ ހަމަ ސީދާ އޮޅިގެންތޯ ބެލުމަށްވެސް، ޑިޓެކްޓިވުން މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ގުޒްމަންގެ މަންމަ، ލީންޑްރާ ފެލިޒް، އިއްޔެ ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެއީ އޭނާ ވަރަށް ލޯބިވާ ކުއްޖެއްކަމަށެވެ. އަދި، އޭނާގެ ދަރިފުޅަކީ ވަރަށް ރަނގަޅު ކުއްޖެއްކަމަށާއި އެހެންނަމަވެސް، ގޭންގު މީހުން އޭނާގެ ދަރިފުޅު މަރާލީ ވަރަށް ރަހުމުކުޑަ ގޮތަކަށްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު