ދިރިއުޅޭ މާހައުލު ދިގު މުއްދަތަކަށް ބަދަލުކޮށްލަން ނުވަތަ އެހެން ގައުމަކަށް ހިޖުރަކުރަން ބޭނުންވެފައި ތިބި މީހުންނަށް އިޓަލީ އިން ރަނުގެ ފުރުސަތެއް ހުޅުވާލައިފިއެވެ.

އިޓަލީއިން ހުޅުވާލި ފުރުސަތުގައި ބުނެފައިވަނީ ތިން އަހަރުގެ މުއްދަތެއް ވަންދެން ކަލަބްރިއާ ރީޖަންއަށް ބަދަލުވާ މީހުންނަށް 28،000 ޔޫރޯ ދޭނެ ކަމަށެވެ. އެއީ ރާއްޖޭގެ ރުފިޔާއިން ބަލާއިރު 508،427.99ރ. އެެވެ.

ނަމަވެސް، މި އުސޫލުގެ ދަށުން އިޓަލީގެ އެ ވިލެޖަށް ދިރިއުޅުން ބަދަލުކުރަން ވިސްނާ ނަމަ، އެ މީހަކީ ކުޑަ ވިޔަފާރިއެއް ފެށުމުގެ ގާބިލުކަން ހުރި މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން ވެސް އިޓަލީއިން ހުޅުވާލައިފައިވާ ފުރުސަތުގައި ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ.

 1. ފުރުސަތަށް އެދޭ މީހާއަކީ އުމުރުން 40 އަހަށްވުރެ ދޮށީ މީހަކަށް ވެގެން ނުވާނެ.
 2. އެޕްލިކޭޝަން ކާމިޔާބުވާތާ 90 ދުވަހުގެ ތެރޭގައި އިޓަލީއަށް ބަދަލުވެވެން ޖެހޭނެ.

މި ފުރުސަތު ހުޅުވާލާފައި ވަނީ އިޓަލީއަށް ގޮސް މަސައްކަތް ކުރުމަށް މީހުން ޝައުގުވެރި ކުރުވުމަށެވެ. އެ ރީޖަންގެ ކައުންސިލަރު ގިއަންލޫކާ ގަލޯ ވިދާޅުވީ މަހަކު އާމްދަނީގެ ގޮތުގައި 1000-800 ޔޫރޯ ލިބޭނެ ކަމަށެވެ.

މިއީ އިޓަލީއިން މިފަދަ ފުރުސަތެއް ހުޅުވާލި ފުރަތަަމަ ފަހަރެއް ނޫޫނެވެ. މީގެ ކުރިން އިޓަލީއިން ވަނީ ކުޑަ ޓައުންއެއްގައި ހުރި ގެއެއް އެންމެ އެއް ޔޫރޯއަށް ވިއްކާލަން ހުޅުވާލައިފައެވެ. އިޓަލީ އިން މިފަދަ ފުރުސަތުތައް ހުޅުވާލައިފައިވަނީ އެގައުމުގެ އާބާދީ ދަށްވަމުން ދާތީ އާބާތީ އިތުރުކުރުމުގެ ގޮތުންނެވެ..

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކިޔު

  ހިނގާ ދަމާ! އެކަމަކު އިތުރު ތަފްސީލު ބޭނުންވޭ.

  6
  1
 2. ރާވިއްކާގާސިމް

  މިތަން އަފްގާން ހޮހޮޅައަކަށް ނުވަނީސް ނައްޓާލަންވީ އިޓަލީއަށް

  4
  1
 3. އަހުމަދު

  ދިވެހި ބިން މީ އުފަން މަގޭ ބިން . ލެވުނު ފުރަތަމަ ނޭވާ މަގޭ ބިން ، އެ ބިމަކަށް އެންމެ ފަހުގެ ވިންދާ ދޫކޮށްލަދޭނޭ ނޭވާ މަގޭ ބިން. ލޮބުވެތި މަންމަ ކަމުގައިވާ މި ފަސްގަނޑު ދޫކޮށް ނުދާނަން

  5
  1
 4. aminath

  ކާކު ދާނީ ފަޅުވާތީ ޖިންނި ވެސް އުޅޭނެ

  1
  1
 5. އހ.

  މި ފުރުސަތަށް އެދޭ ގޮތް ހަބަރުގައި ހިމެނި ނަމަ އިތުރަށް ފުރިހަމަ ވާނެ